ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު، އީސީ ޝަރީފް އައްޔަންކުރައްވައިފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަަކަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަން ކުރެއްވީ އެމަގާމުގައި މިހާތަނަށް ހުންނެވި ހަސަން މުޣުނީ، އެ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.

ހަސަން މުޣުނީ، މަގާމުން ވަކިކުރެއްވުމަށްފަހު އައްޔަންކުރައްވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީއަށް ކަމަށް ވަނީ އަޑުފެތުރިފައެވެ.

ދައުރު ހަމަކުރަށްވައި މަގާމުން ވަކިވެވަޑައިގަތްއިރު އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ފުރުސަތެއް ލިބިއްޖެ ނަމަ އަދިވެސް ދެމިހުންނަވާނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށެވެ.

ރައީސް ޔާމިންގެ ލީޑަރޝިޕްގައި ހިންގެވި ޕީއޭއިން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށްފަހު އޭނާ ވަނީ އިދިކޮޅު ޕީޕީއެމްގައި ވެސް މަސައްކަތް ކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ކަމުގައި ހުންނަވައިގެން ރިޔާސީ އިންތިޚާބުގެ ވޯޓް އޮޅުވާލި ކަމަށް ރައީސް ޔާމިނާއި ޕީޕީއެމުން ތުހުމަތުކުރި ނަމަވެސް ޝަރީފް ވަނީ އެކަން ދޮގުކުރައްވާފައެވެ. އަދި މިހާތަނަށް ޝަރުއީ ކޯޓަކުންވެސް އެކަން ސާބިތު ކުރެވިފައެއްވެސް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


14

ވޯޓް

02-Mar-2022

ވާވާވާ ވޯޓްވަގު



ފަހުގެ ލިޔުންތައް