މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމަށް އެންމެ ނާޒުކު ޤައުމުތަކަށް އެހީތެރިވުމަށް ޚާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ޤާއިމުކުރުމަށް ތިމާވެއްޓާބެހޭ ވަޒީރު އާމިނަތު ޝައުނާ ގޮވާލައްވައިފިއެވެ.
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ މިކަމަށް ގޮވާލެއްވީ އދ.ގެ އިންޓަރ ގަވަރނަމަންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖުން ނެރުނު އެޕެނަލްގެ ހަވަނަ އެސެސްމަންޓް ރިޕޯޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
އދގެ ރިޕޯޓާއި ގުޅޭގޮތުން މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ޙައްލު ހޯދުމުގައި ފެންނަމުންދަނީ ކާމިޔާބީއަށް ވާސިލްނުވެވި، ދުނިޔެ ފެއިލްވަމުންދާ މަންޒަރުކަމަށެވެ. އަދި މިކަމުގެ ނުރައްކަލާއި ކުރިމަތިލާންޖެހޭނީ ރާއްޖެފަދަ ނާޒުކު ތިމާވެށިތައް އޮންނަ ގައުމުތައް އެކަނި ނޫންކަމަށާއި، މޫސުމީ މައްސަލަތަކުގެ ސަބަބުން މިހާރުވެސް އިއާދަނުކުރެވޭފަދަ ގެއްލުމާއި ކުރިމަތިލާންޖެހިފައިވާކަމަށް ޝައުނާ ވިދާޅުވި އެވެ. އެހެންކަމުން މިއީ މިހާރުން މިހާރަށް ހައްލު ހޯދަންޖެހިފައިވާ މައްސަލައެއްކަމަށް ޝައުނާ ވިދާޅުވިއެވެ.
ޝައުނާގެ ވާހަކަފުޅުގައި މޫސުމީ މައްސަލަތަކުގެ ސަބަބުން މިހާރުވެސް ގެއްލުމާއި ކުރިމަތިލަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ފައިނޭންސިންގ ފެސިލިޓީއެއް ޤާއިމުކުރުމަށްވެސް ގޮވާލެއްވިއެވެ.
އދ.ގެ އިންޓަރ ގަވަރނަމަންޓަލް ޕެނެލް އޮން ކުލައިމެޓް ޗޭންޖުން ނެރުނު ހަ ވަނަ އެސެސްމަންޓް ރިޕޯޓުގައި ބުނެފައިވަނީ ތިމާވެށީގެ މައްސަލަތަކުގައި ކުރިން ހޯދި ހޯދުންތަކާ އަޅާބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން އަދި މިކަމުގެ ސަބަބުން އިންސާނުންނަށާއި އަދި ޤުދުރަތީ ނިޒާމުތަކަށް ކުރިމަތިލާންޖެހޭ ނުރައްކާ ބޮޑުވާނެކަމަށެވެ. އަދި މިރިޕޯޓުގައި، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތައްވެސް ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު