މާފުށީ ޖަލުގައި ޤައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭގޮތަށް ޚާއްސަކޮށްފައިވާ 3 ކޯޓްރޫމްގެ އަދަދު 5 އަށް އިތުރުކޮށް، މިއަދު ބޭނުންކުރަން ފަށައިފިވެ.
މިއަދު މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ ގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
ކޯޓް ރޫމްތައް އިތުރުކޮށް، ބޭނުންކުރަން ފެށުމުގެ މަޤްޞަދަކީ އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި، ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ޙާލަތުގައި ޝަރީޢަތް ބޭއްވުމުގައި އަދި އެ ފަރާތްތައް ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުންކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ މި ކޯޓް ރޫމްތައް ބޭނުންކުރަން ފެށުމުން، ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުރިން އަންދާޒާކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގު ފަހިވެގެންދާނެކަމަށެވެ.
މި 05 ކޯޓްރޫމްގެ ސަބަބުން ދުވާލަކަށް 25 ޤައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށްވުރެ އިތުރު ވެގެންދާނެއެވެ.

މާފުށީ ޖަލުގައި ބޭނުންކުރަމުންދިޔަ ކޯޓް ރޫމްތައް 05 ށް އިތުރުކޮށް، ޤައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީޢަތްތަކުގައި ބައިވެރިވެވޭ ފުރުޞަތު އިތުރުކޮށްފި https://t.co/MtXo9DgeUN pic.twitter.com/8w4BUkXGNo
— Maldives Correctional Service (@CorrectionsMv) March 1, 2022
ކޯޓް ރޫމްތައް އިތުރުކޮށް، ބޭނުންކުރަން ފެށުމުގެ މަޤްޞަދަކީ އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީޢަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި، ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ޙާލަތުގައި ޝަރީޢަތް ބޭއްވުމުގައި އަދި އެ ފަރާތްތައް ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުންކަމަށް ކަރެކްޝަނުން ބުނެއެވެ.
ކަރެކްޝަނުން ބުނީ މި ކޯޓް ރޫމްތައް ބޭނުންކުރަން ފެށުމުން، ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުރިން އަންދާޒާކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގު ފަހިވެގެންދާނެކަމަށެވެ.
މި 05 ކޯޓްރޫމްގެ ސަބަބުން ދުވާލަކަށް 25 ޤައިދީންނާއި ބަންދު މީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށްވުރެ އިތުރު ވެގެންދާނެއެވެ.
ކިޔުންތެރިންގެ ހިޔާލު