ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ރަޝިޔާ އަދި ބެލަރޫސް ސަރުކާރުން ބުނެފައިވާ ކަމަށް ދިވެހި ޚާރިޖިއްޔާއިން ހާމަކޮށްފިއެވެ.



ފޮރިން މިނިސްޓްރީން ބުނީ ރަޝިޔާ އަދި ބެލަރޫސްގައި ހިންގަމުންދާ މެޑިސިން ކޯސްތަކުގެ ކްލާސްތައް އޮންލައިންކޮށް ހިންގަން ޖެހޭ ޙާލަތެއް އަދި ނެތް ކަމަށް އެޔުނިވަސިޓީތަކުން ބުނެފައިވާ ކަމަަށެވެ. ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދެވޭނީ އެގައުމުގެ ހެލްތު މިނިސްޓްރީ އަދި އެޑިއުކޭޝަން މިނިސްޓްރީން ނިންމައިގެންކަމަށާއި، ކައިރި މުސްތަޤްބަލެއްގައި ކްލާސްތައް އޮންލައިންކުރުމުގެ ވިސްނުމެއް ބެލަރޫސް ސަރުކާރުގެ ނެތް ކަމަށް ބެލަރޫސްގެ ޔުނިވަސިޓީތަކުން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް މައުލޫމާތު ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިރޭ މީޑިއާ ތަކަށް ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.

އަދި ދަރިވަރުން ބެލަރޫސްގައި ތިބޭއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ޔުނިވަސިޓީތަކުން ޔަގީންކޮށްދޭކަމަށްވެސް ޔުނިވަރސިޓީތަކުން ދިވެހި ސަރުކާރަށް އަންގާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރަޝިޔާގެ ޔުނިވަސިޓީތަކުން ވެސް ދިވެހި ދަރިވަރުން ތިބި ސަރަހައްދުތަކަށް ނުރައްކަލެއް އޮތްކަމަށް ނުފެންނާތީ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނުފެންނަކަމަށް ބުނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެެވެ.

ބެލަރޫސްއާއި ރަޝިއާގައި ވަރަށް ގިނަ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔަވަމުން ދެއެވެ.

ރަޝިޔާ އިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށުމާއި ގުޅިގެން ސަރުކާރުން ވަނީ އެގައުމުގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފައެވެ. އޭގެ ތެރޭގައި ބައެއް ކިޔަވާ ކުދިން ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް