ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތްތައް ބެލެހެއްޓުން ރާއްޖޭގައި ޔޫޓިލިޓީގެ ޚިދުމަތް ދެމުން އަންނަ އެންމެ ބޮޑު ކުންފުނި، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.
ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް މިހާތަނަށް ދެމުން އައީ ހުރާގެ ކައުންސިލުގެ ބެލުމުގެ ދަށުން އެ ކައުންސިލުންނެވެ. އެ ޚިދުމަތްތައް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ކ. ހުރާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިޔާތުގައި ކ. ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ފެނަކައާއި ހަވާލުވުމުގެ އެއްބަސްވުމުގައި ހުރާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ހުރާ ކައުންސިލުގެ ރައީސް ޢީސާ އަޙުމަދެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކާގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު