މި ޙާލަތުގައި ޤާނޫނު އަސާސީ އިސްލާހު ކުރުމުގެ ބޭނުމެއް ނެތްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އާއްމު ކުރެއްވި ބަޔާނެއްގައި ވިދާޅުވީ ދައުލަތުގެ ދުސްތޫރީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންދާ އެންމެ އަސާސީ އެއް ދުސްތޫރީ މަބްދައަކީ ދިވެހި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމާއި ދިވެހި ރާއްޖޭގެ ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމާއި، ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހި ރާއްޖޭގެ ކޯޓުތަކަށް ކަން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 05 ވަނަ މާއްދާއާއި 06 ވަނަ މާއްދާ އަދި 07 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު ދިވެހި ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނު އަސާސީން އެ ބާރަކާއި މަތިކޮށްފައިވާ އިހްތިސާސް ފަހަނައަޅައި ނުދެވޭނެކަން ގާނޫނު އަސާސީގެ 08 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށެވެ.
މިހާރު ކުރިމަތިވެގެން އުޅޭ (ކައުންސިލަރުންގެ ދައުރު ދަންމާލުމުގެ މައްސަލަ) މައްސަލައަށް ދުސްތޫރީ ނަޒަރަކުން ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުމާގުޅިގެން އުފެދޭ ދުސްތޫރީ ސުވާލަކީ ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުމެއް ނޫން ކަމަށާއި، ނުވަތަ ދައުރު ދެއްމުމެއްވެސް ނޫން ކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ. އެއީ ޙަޤީޤަތުގައި ކުރިމަތިވި އިމަރޖެންސީގެ ނުވަތަ ޒަރޫރީ ޙާލަތެއްގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ ދުސްތޫރީ މުއްދަތު ނިމުމަކަށް އަންނައިރު، އައު ކައުންސިލްތައް އިންތިޚާބު ނުކުރެވޭ ޙާލަތުގައި ކުރީގައި ތިބި ކައުންސިލަރުންގެ މަޤާމުގެ ބާރުތައް، އައު ކައުންސިލްތައް އިންތިޚާބުކުރެވެންދެން ދެމިގެން ދިއުން ކަމަށް ޑރ. އަބްދުﷲ ދީދީ ފާހަގަ ކުރެއްވިއެވެ.
"އެހެން ޢިބާރާތަކުން ނަމަ، އެއީ: continuity of power beyond the end of a term (ދައުރެއް ނިމުމުން ބާރުތައް ދެމިއޮތުން) އެވެ. ތަފާތު ދުސްތޫރީ ނިޒާމުތަކުގައި މިފަދަ މައްސަލަތަކަށް ދުސްތޫރީ ޙައްލު ހޯދުމުގައި ބަލައިފައިވަނީ އެ މިންގަނޑުންނެވެ. އެއީ އެއްވެސް ޙާލެއްގައި، ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުމާ ބެހޭ، ނުވަތަ ދައުރު ދެންމުމާ ބެހޭ މައްސަލައެއްވެސް ނޫނެވެ. އެހެންކަމުން މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާހުކުރުމުގެ އެއްވެސް ޟަރޫރަތެއް ނެތްކަން އެނގެއެވެ." އަބްދުﷲ ދީދީ ވިދާޅުވިއެވެ.
އަބްދުﷲ ދީދީގެ ބަޔާނުގައި ވިދާޅުވެފައިވަނީ މި ޒަމާނުގެ އެންމެހައި ދުސްތޫރީ ނިޒާމުތަކުގައި ދައުލަތުގެ "ނިޒާމް އާންމް" ނެގެހެއްޓުމަކީ ވެރިކަން ހިންގުމުގެ ބާރުގެ އެންމެ އަސާސީ އެއް މަސްއޫލިއްޔަތު ކަމަށެވެ. އަދި "ޕަބްލިކް ހެލްތް" އަދި "ޕަބްލިކް ޓްރެންކުއިޓީ" މުޖްތަމައުގެ ތެރޭގައި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ވެރިކަން ހިންގުމުގެ ބާރުގެ މަސްއޫލިއްޔަތެއް ކަމާއި، އެކަމާއި ގުޅިގެން ތަންފީޒު ކުރަންޖެހޭ ގާނޫނީ އުސޫލުތައް ކަނޑައަޅައި ގާނޫނުތައް ފާސްކުރުމަކީ ގާނޫނު ހެދުމުގެ ބާރުގެ މަސްއޫލިއްޔަތެއްކަމާއި، އެއާއި ގުޅިގެން އުފެދޭ ހުސޫމަތް ބަލައި ފައިސަލާ ކުރުމަކީ ކަމާއި ބެހޭ ޝަރުއީ ކޯޓުތަކުގެ އިހްތިޞާސެއްކަމީ ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން އެއާއި މެދު ދެބަސް ނުވެވޭނެ ހަގީގަތެއްކަން ބާރުތައް ވަކިކޮށްފައިވާ ދަޢުލަތެއްގެ މަބްދައު އަށް ބެލުމުން އެނގޭ ކަމަށެވެ.
އަބްދުﷲ ދީދީ ވިދާޅުވީ އިންތިޚާބުތައް ބޭއްވުމަށް ޢަމަލީގޮތުން ނުކުޅެދިއްޖެ ހިނދެއްގައި އިންތިހާބު ފަސްކުރުމާބެހޭ ގޮތުންނާއި، އިންތިހާބީ މަޤާމުތަކުގެ ދުސްތޫރީ ދައުރު ނުވަތަ މުއްދަތު ހަމަވާފަހުން އެ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުގައި ދެމިތިބުމާ ބެހޭ ޢާންމު އުޞޫލުތަކާއި އަސާސްތައް ބަޔާންކުރާ ދުސްތޫރީ ނުވަތަ ގާނޫނީ ނައްސުތަކެއް ދިވެހިރާއްޖޭގެ ގާނޫނީ ފްރޭމްވާކްގެ ތެރޭގައި ގާއިމުވެފައި ނެތްކަމަށާއި، ބުނެވުނު ފަދަ ދުސްތޫރީ ޚުޞޫމަތުތަކަށް ގާނޫނު އަސާސީ މާނަކޮށް ހައްލު ހޯދައި ދިނުމުގެ ބާރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.
އިންތިހާބު ކުރީގައި ބާއްވަން ހަމަޖެހިފައި އޮތް ތާރީހުގައި ބޭއްވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ދުސްތޫރީ ގޮތުން އެއަށް ހައްލު ބޭނުންވާ ދެ މައްސަލައެއް އުފަންވެފައި ވާ ކަމަށް އަބްދުﷲ ދީދީ ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ މައްސަލައަކީ އިންތިހާބު ފަސްކުރުމާ ބެހޭ މައްސަލައަށްވާއިރު މައްސަލައަށް ދުސްތޫރީ ނަޒަރަކުން ބަލާއިރު، އިންތިޚާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރާންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހި ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށާއި، ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ނެސެސިޓީގެ ޙާލަތެއްގެ ސަބަބުން އިންތިހާބު ބޭއްވޭފަދަ މާޙައުލެއް ޤާއިމުވެފައި ނެތްނަމަ އެ އިންތިޚާބެއް، ބުނެވުނު ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ ނެސެސިޓީގެ ޙާލަތު ނިމެންދެން ފަސްކުރުމަކީ، ޤާނޫނުއަސާސީގެ ޞަރީޙަ ޢިބާރާތުން އެ ބާރު އިލެކްޝަންސް ކޮމިޝަނަށް ޑެލިގޭޓް ކޮށްފައި ނެތްކަމުގައި ވީނަމަވެސް، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއްކަން ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގެ (ހ) އިން އިސްތިޚްލާޞްކުރެވެން އޮންނަ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެބާރު ބޭނުންކުރުމުގެ ސަބަބުން ޑިސްޕިއުޓެއް (ޚިޔާލުތަފާތުވުމެއް) އުފެދިއްޖެނަމަ އެ މައްސަލަ ބަލާނީ ކަމާބެހޭ ކޯޓުން ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އަދި އިންތިޚާބު ފަސްކުރުމުގެ ބާރު ޤާނޫނުގެ ޞަރީޙަ ޢިބާރާތުން އިލެކްޝަންސް ކޮމިޝަނަށް ޑެލިގޭޓް ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 ގެ ނަމުގައި ސަންސެޓް ޤާނޫނެއް ފާސްކޮށް، އެ ޤާނޫނުގެ ބާރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށް މަޖިލީހުން ފާސް ކޮށްދީފައިވާ ކަމަށާއި، އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ބުނެވުނު އިންތިޚާބު މިހާރު ވަނީ ފަސްކުރެވިފައި ކަން އަބްދުﷲ ދީދީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ދެވަނަ މައްސަލައަކީ ލޯކަލް ކައުންސިލް އިންތިޚާބު 2020 ފަސްކުރެވުމާ ގުޅިގެން، 2020 ޖޫން މަހުގައި މުއްދަތު ހަމަވާ ކައުންސިލަރުން މަގާމުގައި ދެމިތިބުމާބެހޭ މައްސަލަކަމަށް އަބްދުﷲ ދީދީ ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައަކީ ވެސް އޭގެ ޒާތުގައި ދުސްތޫރީ ޚުޞޫމަތަކަށް ވީހިނދު، އެއަށް ދުސްތޫރީ ޙައްލު ދިނުމުގެ އިޚްތިޞާޞް ދުސްތޫރީގޮތުން ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްކަން ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެބަޔަކަށް ބެހިފައިވާއިރު ބައެއް މެންބަރުން ދެކެނީ ޢާންމު ޤާނޫނަކުން ދުސްތޫރީ މުއްދަތު ހަމަވާ ކައުންސިލަރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ އައު ކައުންސިލަރުން ހޮވެންދެން މަޤާމުގައި ދެމިތިބުމަށް ކަނޑައެޅުން ކަމަށާއި އަނެއްބައި މެންބަރުން ދެކެނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން މެނުވީ މުއްދަތު ހަމަވާ މެންބަރުން މަޤާމުގައި ދެމިތިބުން ޞައްޙަ ނުވާނެކަމުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.
މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މައިގަނޑު މައްސަލައަކީ، އެ މެންބަރުންގެ ރައުޔުގައި، ޤާނޫނުއަސާސީ އިން ކަނޑައަޅާފައިވާ މުއްދަތު ނުވަތަ ދައުރު ޢާންމު ޤާނޫނަކުން ބަދަލުކުރެވޭނެ ޤާނޫނީ ހަމައެއް ނެތުން ކަމަށް ދެކޭތީ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ. އެހެން ނަމަވެސް ތަފާތު ދުސްތޫރީ ނިޒާމުތަކުގައި މިފަދަ މައްސަލަތަކަށް ދުސްތޫރީ ޙައްލު ހޯދުމުގައި ބަލައިފައިވާ މިންގަނޑުން ބަލާއިރު، މިހާރު ދިމާވެފައިވަނީ އެއްވެސް ޙާލެއްގައި، ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުމާ ބެހޭ، ނުވަތަ ދައުރު ދެންމުމާ ބެހޭ މައްސަލައެއްވެސް ނޫންކަމަށާއި، އެހެންކަމުން މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާހުކުރުމުގެ އެއްވެސް ޟަރޫރަތެއް ނެތްކަން އެނގޭ ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
އަބްދުﷲ ދީދީ ވިދާޅުވީ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ކުރިމަތިވެފައި މިވާ ދުސްތޫރީ ޚުޞޫމަތަށް ޙައްލު ދިނުމުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރަކީ އިމަޖެންސީ ޙާލަތުގައި އިންތިޚާބު ފަސްކުރަން މެދުވެރިވެއްޖެ ޙާލަތުގައި ޢަމަލުކުރާނެ ދުސްތޫރީ އަދި ޤާނޫނީ ޢާންމު އުޞޫލުތައް ޝާމިލުވެގެންވާ ނައްޞުތައް އެކުލެވޭ ގޮތަށް ޤާނޫނުއަސާސިއަށާއި، ޤާނޫނުތަކަށް އިޞްލާޙު ގެނައުން ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި ރައްޔިތުންގެ މަޖިލީހުން އެކުލަވާލާ ޢާންމު ޤާނޫނަކުން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އައު ކައުންސިލަރުން އިންތިޚާބުކޮށް ނިމެންދެން މިހާރު މަޤާމުގައި ތިބި ކައުންސިލަރުން މަޤާމުގައި ދެމިތިބޭނެކަމަށް، ކަމާބެހޭ ދުސްތޫރީ މަބްދައުތަކަށް ރިޢާޔަތްކޮށް ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު ދެއްވީ ރައީސް ޔާމިންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު 2018 ވަނަ އަހަރުގެ ޖޫން މަހުގެ 28 ގައެވެ. ވެރިކަން ބަދަލުވެ މިހާރުގެ ސަރުކާރުން އައުމާއެކު ޖޭއެސްސީން ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުން ވޯޓެއް ނަގައި މަގާމުން ވަކިކުރީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ފަހު ދުވަސްކޮޅު ސުޕްރީމް ކޯޓުން ހުކުމް ތަކެއް ބާތިލުކޮށް އޭރު އެކި ހުކުމް ތަކުގައި ތިއްބެވި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރުނުއިރު ވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށެވެ. ފަހުން އެހުކުމް ބާތިލު ކުރެއްވި ބެންޗުގައިވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު