ރަށްރަށުން ކަނޑަށް ދޫކުރާ ނަޖިސްތައް "ޓްރީޓް" ކޮށް ބޭރުކުރާ ނަޖިހަކަށް ހެދުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސްގެ މެންބަރުން ދެއްކެވި ބައެއް ވާހަކަތަކާއި ގުޅިގެން އެމަނިކުފާނުގެ ޚިޔާލުފުޅު ހިއްސާކުރައްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ނަރުދަމާގެ ނިޒާމު ގާއިމުކުރަނީ ރާއްޖޭގެ ކަނޑުތަކަށް ނަޖިސް ބޭރުވާ ގޮތަށް ކަމަށެވެ. އޭރުން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިކުންނަ މައްސަލަތަކެއް ހުންނާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެ މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށާއި އެގޮތުން ރަށްރަށުން ކަނޑަށް ދޫކުރާ ނަޖިސްތައް "ޓްރީޓް" ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަން ކުރެވިއްޖެނަމަ މަސްވެރިކަމަށާއި ފަރުތަކަށް އޭގެ ބަދަލު އަންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެއީ މާލެއަށް ދިމާވެފައި މި އޮތް ގޮތުން އަޅުގަނޑުމެންނަށް މިހާރު ތަސައްވަރުކުރެވި އެކަމާ ގުޅޭ ގޮތުން ވިސްނުން ގެންގުޅެން ވާނެ ކަމެއް." މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމު ހުރިހާ ރަށެއްގައި ގާއިމުކުރުމުން އެ މައްސަލައަށް އަދި ދާއިމީ ހައްލެއް ނުލިބޭ ކަމަށެވެ. އަދި ނަރުދަމާ ނިޒާމު ގާއިމުކުރެވޭ ގޮތުގެ ސަބަބުން ނިކުންނާނެ އިތުރު މައްސަލަތަކެއް އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ތާއިދު ކުރައްވާފައެެވެ. ޝަރީފް ވިދާޅުވީ ކަނޑަށް ބޭރުވާ ނަޖިސް ޓްރީޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ނަރުދަމާ ނިޒާމުތައް ގާއިމްކުރަމުންދާއިރު ނަޖިސް ޓްރީޓްކުރަން ޓްރީޓްމަންޓް ޕްލާންޓްތައް ވެސް ގާއިމުކުރުން ވަރަށް މުހިންމު ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކަނޑަށް ދޫކުރާ ނަޖިހުން އަޅުގަނޑުމެންގެ ވަަށައިގެންވާ ކަނޑުތަކާއި ފަރުތައް ތަޣައްޔަރުވާން ވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ޒަމާންތަކެއް ވަންދެން ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު