އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ޕާޓީ ބައިބައިވުމަށް ކުރާ މަސައްކަތާމެދު ހިތާމަ ކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބާއި ދިމާކޮށް ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސާލިޙާއި ދެމެދު ސިޔާސީ ވާދަވެެރިކަން އުފެދި ދެބޭފުޅުންނަށް ތާއިދު ކުރައްވާ މެންބަރުން އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ހޫނު ހަމަލާތަކެއް ދެމުންނެވެ.
ދާދިފަހުން މަޖިލީހުގައި ވެސް ވަނީ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާއި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރާ މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ހިނގާފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ވަކި ބޭފުޅަކަށް ތާއީދު ކުރަމަކީ ވަކި ބޭފުޅަކާ އިދިކޮޅު ވުމެއް ނޫން ކަަމަށެވެ. އަދި ހުރިހާ ބޭފުޅުންނާ ވެސް މޫނު ދިމާކޮށް ވާހަކަ ދެކެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީ ގާއިމް ކުރަން މި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ މި ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއިި ކެމްޕޭނުގެ ހިޔަނި އެކަމަށް އެޅިގެން ނުވާނެ ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން މިހާރު އުފެދިފައިވާ ކޯޅުންތަކާ ގުޅިގެން އެ ޕާޓީގެ އާންމު މެމްބަރުންގެ މާޔުސްކަން ވަރަށް ބޮޑުވެފައިިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަނދުން ހުސެއިން ވަނީ ޗެއާޕާސަން އިންތިޚާބުގައި ފައްޔާޒަށް ތާއިދު ކުރައްވާ ސަބަބު ވެސް ހާމަކުރައްވާފައެވެެ. އޭނާ ފައްޔާޒަށް ތާއިދުކުރައްވަނީ ފައްޔާޒަކީ ރަނގަޅު ހިންގުންތެރިއަކަށް ވާތީ ކަމަށާއި އެހެން އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށް އަނދުން ހުސެއިން ވިދާޅުވިއެެވެ.
އެމްޑީޕީގެ ދަފުތަރުގައި އޮންނަ ކޮންމެ ބޭފުޅަކަށް ވެސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އަދި އެބޭފުޅުންނަށް ތާއީދުކުރުމުގެ ފުރުސަތު އާންމު މެމްބަރުންނަށް ވެސް ދިނުމަށް އަނދުން ހުސެއިން ވަނީ ގޮވާލައްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިިވަނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު