އަންނަ މަހުން ފެށިގެން މިފްކޯ މިނިވަން ކުންފުންޏެއްގެ ގޮތުގައި ހިންގަން ފެށޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

މިފްކޯގެ ހިންގުމަށް ބަދަލު ގެނެސް، އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، މިފްކޯ ވަކިން ހިންގަން ސަރުކާރުން އޮތީ ނިންމާފައެވެ.

މިފްކޯއިން ބުނީ އެސްޓީއޯގެ ދަށުން ވަކިވުުމުގެ ގޮތުން ލިޔެކިޔުންތަކުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަންނަމަހުން ވަކިން ބޯޑެއް އޮންނަ ކުންފުންޏަކަށް އެ ކުންފުނިން ބަދަލުވާނެކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ދަރަނި ބޮޑުވުމުން އެސްޓީއޯގެ ދަށަން ބަދަލު ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް ސާލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ މިފްކޯ އެސްޓީއޯގެ ދަށުން ބަދަލުކުރުމަށް ނިންމާފައެވެ. އަދި އެސްޓީއޯގެ ތަރައްޤީއަށް ވަނީ ބޮޑެތި މަޝްރޫޢުތަކެއްވެސް ފަށާފައެވެ.

މިފްކޯގެ ތަރައްޤީއަށް ކުރާ މަސައްކަތުގެ ތެރޭގައި ފެލިވަރާއި ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސްވެރިންގެ އަތުން ކިރާ މަހަށް ހަމަ އަގު ހޯދައިދިނުމާއި، މަސްެވެރިންނަށް ރާއްޖޭގެ އެކި ހިސާބުތަކުން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް