ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފައިލްކޮށް ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލާފައިވާ ކަަމަށް ފުލުހުން ބުނެފިއެވެ.
ހެންވޭރު ރަތްވިލާ ހިނގުމުގައި ހުންނަ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރާ އަޑު އިވިގެން އެ ގޭތެރެއަށް ވަދެ ފުލުހުން ވަނީ ޒުވާނަކު ހައްޔަރުކޮށްފައެވެ. ފުލުހުންގެ އިދާރާއިން ބުނީ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ތަހުގީގަށް،އަނިޔާ ލިބުނު މީހާގެ ފަރާތުން އެއްބާރުލުން ނުލިބުނު ކަމަށެވެ. ތުހުމަތުކުރެވޭ މީހާ ދޫކޮށްލަން ޖެހުނީ ތަހުގީގުކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ ކަމަށާއި އެހެންވުމާއެކު މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެފަދަ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަވެގެން ހަތަރު ގަޑިއިރު ބެހެއްޓުމަށް ފަހު ދެ ފަރާތުގެ ބަޔާން ނަގައި، ހައްޔަރުކުރަން ފެނިއްޖެ ނަމަ ހައްޔަރު ކުރުން ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު