ކުންފުންޏެއް ދަރައިގެން ހިއްސާދާރެއްގެ ޕާސްޕޯޓް ހިފެހެއްޓޭނެ ގާނޫނީ ހަމައެއް ނޯންނާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ނާއިބު ލީޑަރ އަދި ސައިރިކްސް ގްރޫޕްގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ސަން ޓްރެވެލް ކުންފުނިން ހިލްޓަނަށް ދައްކަންޖެހޭ 28 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި، މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކުރުމުންނެވެ.
މިކަމާއި ގުޅޭގޮތުން ސައިރިކްސް ޝަރީފް ވިދާޅުވީ ކުންފުންޏެއް ދަރައިގެން ފައިސާ ނުދައްކައިގެން ހިއްސާދާރުންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ރާއްޖޭގެ އެއްވެސް ޤާނޫނެއްގައި ނޯންނާނެކަމަށެވެ. އަދި ކުންފުންޏެއްގެ މައްޗަށް ލާޒިމްވާކަމެއްގެ ޒިންމާ ނަގަންޖެހެނީ ކުންފުނިންކަމަށާއި އެކަން ކުރާނެގޮތް ކުންފުންޏާބެހޭ ޤާނޫނުގައި އޮންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކުންފުނިތަކަކީ ޤާނޫނީ ވަކިޝަހުސެއް، ސިޔާމުގެ ކުންފުންޏެއް ދަރައިފިއްޔާ ނުވަތަ ކޯޓުހުކުމެއްގެ ތެރެއިން ފައިސާދައްކަން ޖެހިއްޖެއްޔާ ކުންފުނީގެ މުދާވިއްކައިގެން ނުދެއްކިއްޖެއްޔާ ދެންޖެހޭނީ ކުންފުނި އިފްލާސްކުރަން، ކުންފުނީގެ ހިއްސާދާރުންގެ ޕާސްޕޯޓު ނުހިފެހެއްޓޭނެ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެއްވެސް ދިވެއްސެއްގެ ޕާސްޕޯޓެއް ނުހިފެހެއްޓޭނެކަމަށާއި ޕާސްޕޯޓު ހިފެހެއްޓުމުން އެ އަރައިގަނެވެނީ ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތަކާއި މިނިވަންކަމަށްކަމަށެވެ. އަދި ކުންފުންޏަކަށް ދިމާވާކަމެއް ނިންމަންޖެހޭނީ ކުންފުނިތަކާބެހޭ ޤާނޫނުގެ ތެރެއިންކަމަށާއި، ހިއްސާދާރާއި ކުންފުނި އެއީ ޤާނޫނީ ވަކި ދެ ޝަހުސްކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެއްވެސް ދިވެއްސެއްގެ ޕާސްޕޯޓެއް ނުހިފެހެއްޓޭނެ، ޕާސްޕޯޓު ހިފެހެއްޓީމަ ޤާނޫނު އަސާސީގެ އަސާސީ ގައްގުތަކާއި މިނިވަންކަމަށް އަރައިގަނެވެނީ، ކުންފުންޏަކަށް ދިމާވާކަމެއް ނިންމަންޖެހޭނީ ކުންފުނިތަކާއި ބެހޭ ޤާނޫނުގެ ތެރެއިން، ހިއްސާދާރާއި ކުންފުނި އެއީ ޤާނޫނީ ވަކި ދެޝަހުސު." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ. އަދި ކޯޓުގައި މީގެކުރިން އެގޮތަށް ކަން ހިނގާފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"ކުންފުންޏެއްގެ މުދާ ވިއްކައިގެން ދަރަނި ނުދެއްކުނަސް ހިއްސާދާރުންނަށް އަނިޔާ ނުދެވޭނެ." ޝަރީފް ވިދާޅުވިއެވެ.
ސަން ޓްރެވެލުން ހިލްޓަނަށް 28 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހުނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައެވެ.
މިމައްސަލައިގައި ސަން ޓްރެވެލުން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގައެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020ގައި ސަން ޓްރެވެލްގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.
މި މައްސަލައިގައި ސިޔާމްގެ އިތުރުން، ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އަދި ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަންވެސް، ވަނީ އަމުރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަމުރު ނެރެފައިވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހުއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އިމިގްރޭޝަނުން ވާހަކަދައްކާފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު