އައްޑޫ ސިޓީގައި ޕައުލްޓްރީ ފާމެއް ޤާއިމުކޮށް ދިރޭ ކުކުޅު ވިއްކުމުގެ މަސައްކަތް ފަށައިފިއެވެ.
އައްޑޫގައި ވިޔަފާރިކުރާ ބީޓެކް ކުންފުނިން ފެށި ޕައުލްޓްރީ ފާމްގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އަދި ކައުންސިލް މެންބަރުންގެ އިތުރުން އައްޑޫގެ ކުރީގެ މޭޔަރ ހައިސިއްޔަތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤްވެސް ބައިވެރިވެވަޑައިގަތެވެ.
އައްޑޫ ސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިފަދަ ވިޔަފާރިތައްކުރުމަށް އައްޑޫއަށް ދިރޭ ތަކެތި ގެނައުމުގައި މިހާރު މާބޮޑެތި ހުރަސްތަކެއް ނެތް ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ކަނެކްޝަން ކަނޑުގެ މަގުންވެސް ވައިގެ މަގުންވެސް އައްޑޫއަށް އޮތުމުން މުދާ ގެންނަން ފަސޭހަވެފައިވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މޭޔަރ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސް ތެރޭ ކަރަންޓީނު ފެސިލިޓީވެސް ޤާޢިމުވެގެން ދާނެ ކަމަށާއި އެހާ ހިސާބުން، އައްޑޫއަށް ދިރޭ ތަކެތި ގެނައުމުގައި ނުވަތަ ގުޅުން ހުރި ތަކެތި ގެނައުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ.
ޕައުލްޓަރީ ފާމް ހިންގާ ބީޓެކް ކުންފުނިން ބުނީ ފުރަތަމަ ޝިޕްމެންޓުގައި 5000 ބިސް ގެނެސް ކާމިޔާބުކަމާއެކު ކުކުޅު އާލާކޮށް، މިހާރު ވިއްކަން ފަށާފައިވާކަމަށެވެ. އަދި މިހާރުވެސް ދުވާލެއްގެ މައްޗަށް 1000 ބިސް ހެޗަރީން ނެރެވޭނެ ނިޒާމު ޤާއިމު ކުރެވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އައްޑޫގައި އިންޑަސްޓްރިއަލް ސްކޭލެއްގައި ކުކުޅު ފާމެއް ފަށާފައިވާއިރު، މިއީ ރާއްޖޭގައިވެސް މިހާ ބޮޑުކޮށް މިމަސައްކަތް ފެށި ފުރަތަމަ ފަހަރެވެ. އަދި މި ފާމުން ވިއްކާ ކުކުޅުގެ އަގު މިހާރު ބާޒާރުގައި ވިއްކާ އައިސް ކުކުޅަށް ވުރެ ބޮޑު ނުވާނެކަމަށްވެސް ކުންފުނިން ބުނެއެވެ.

ބީޓެކް ޕޯލްޓްރީ ފާމްގެ ދިރޭ ކުކުޅު ރާއްޖޭގެ މާކެޓަށް ވިއްކަން ފެށުން އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން. ބީޓެކް ޕޯލްޓްރީ ފާމްއަކީ އިންޑަސްޓްރިއަލް ސްކޭލެއްގައި އައްޑޫސިޓީ އަދި މުޅިރާއްޖޭގައި ވެސް ފުރަތަމަ ފަހަރަށް ޕޯލްޓްރީގެ މަސައްކަތް ކުރެވޭ ފާމް. pic.twitter.com/5Rn1z6tmaF
— Addu City Council (@AdduCityCouncil) March 1, 2022
މޭޔަރ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަސް ތެރޭ ކަރަންޓީނު ފެސިލިޓީވެސް ޤާޢިމުވެގެން ދާނެ ކަމަށާއި އެހާ ހިސާބުން، އައްޑޫއަށް ދިރޭ ތަކެތި ގެނައުމުގައި ނުވަތަ ގުޅުން ހުރި ތަކެތި ގެނައުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށެވެ.
ޕައުލްޓަރީ ފާމް ހިންގާ ބީޓެކް ކުންފުނިން ބުނީ ފުރަތަމަ ޝިޕްމެންޓުގައި 5000 ބިސް ގެނެސް ކާމިޔާބުކަމާއެކު ކުކުޅު އާލާކޮށް، މިހާރު ވިއްކަން ފަށާފައިވާކަމަށެވެ. އަދި މިހާރުވެސް ދުވާލެއްގެ މައްޗަށް 1000 ބިސް ހެޗަރީން ނެރެވޭނެ ނިޒާމު ޤާއިމު ކުރެވިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އައްޑޫގައި އިންޑަސްޓްރިއަލް ސްކޭލެއްގައި ކުކުޅު ފާމެއް ފަށާފައިވާއިރު، މިއީ ރާއްޖޭގައިވެސް މިހާ ބޮޑުކޮށް މިމަސައްކަތް ފެށި ފުރަތަމަ ފަހަރެވެ. އަދި މި ފާމުން ވިއްކާ ކުކުޅުގެ އަގު މިހާރު ބާޒާރުގައި ވިއްކާ އައިސް ކުކުޅަށް ވުރެ ބޮޑު ނުވާނެކަމަށްވެސް ކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު