ރަމަޟާންމަހަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭގައި މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެ ދުވަސްތައް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.
މި ދުވަސްތައް ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 42 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.
ޢާއްމު ފަރާތްތަކުން މަގު ބަންދުކޮށްގެން މިޙަރަކާތް ކުރިއަށް ގެންދިއުމަށް އެދި ހުށަހެޅި ހުށަހެޅުން ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. އެގޮތުން މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މާލޭގެ މައިމަގުތައް ނުހިމެނޭ ގޮތަށް މަގު ބަންދުކޮށްގެން އެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ސިޓީ ކައުންސިލުން ބުނީ ޢާއްމު ފަރާތްތަކުން މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 25، 26، 29 އަދި 30 ގައިކަމަށެވެ.
ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން ބާއްވަމުންދާ ޙަރަކާތެކެވެ. އެހެންކަމުން މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްއެދި ސިޓީ ކައުންސިލަށް ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު