ރައީސް ސޯލިހުގެ އިރުޝާދާއެކު ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރައްވާނެކަމަށް ސްޓެލްކޯގެ އައު މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެކުންފުނީގެ މުވައްޒަފުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ.
އެގޮތުން ސްޓެލްކޯގެ ހިންގުން އަމާޒު ކުރައްވާނީ ރައީސް ސޯލިހުގެ އިރުޝާދާއެކު ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކުރުމަށް ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުން އެދޭފަދަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ތަސައްވުރާއި، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުނަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ޝަރީފު ދެއްވާފައިވެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަަކަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަން ކުރައްވާފައިވަނީ އެމަގާމުގައި މިހާތަނަށް ހުންނެވި ހަސަން މުޣުނީ، އެ މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.
ހަސަން މުޣުނީ، މަގާމުން ވަކިކުރެއްވުމަށްފަހު އައްޔަންކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށެވެ.

ކިޔުންތެރިންގެ ހިޔާލު