އަހުމަދު މަސްނޫމް   3 މާރިޗު 2022 - 22:25
ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލަށް ތާއީދުކުރެއްވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ނިންމަވައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންމަހުގެ 16 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ސިޔާސީ ހުނަރުވެރިކަމާއެކު ފައްޔާޒު ވަނީ ސިޔާސީގޮތުން ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށްދެއްވާފައި ކަމަށެވެ. އެހެންކަމުން ޕާޓީ އިތުރަށް ވަރުގަދަކުރައްވާނެކަމުގެ ޔަގީންކަމާއެކު އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ފައްޔާޒު އިންތިހާބުކުރުމަށް ތާއީދުކުރައްވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.



އަންނަމަހުގެ 16 ވަނަ ދުވަހު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިންތިހާބު އޮންނައިރު، އެ އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ފައްޔާޒަކީ ރައީސް ސާލިހު ތާއީދުކުރައްވާ ކެނޑިޑޭޓެވެ. އަދި އިންތިއަކީ ރައީސް ނަޝީދު ތާއީދުކުރައްވާ ކެނޑިޑޭޓެވެ.

އިންތިހާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު މި ވާދަވެރިކަމުގައި ޕާޓީވެސް ވަނީ ރަނގަޅަށް ދެބަޔަށް ބެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން