ސަރުކާރުން ހުޅުވާލާފައިވާ މަތީ ތައުލީމުގެ ލޯނު ނުވަތަ ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު ހަމަވިއިރު 1000 އަށްވުރެގިނަ ދަރިވަރުން ކުރިމަތިލާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މަތީ ތައުލީމް ހާސިލްކުރަން ލޯނުގެ 720 ފުރުސަތަށް ހުޅުވާލީ މިދިޔަ މަހުގެ 7 ވަނަ ދުވަހެވެ. މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބެގެންވެސް ކިޔެވުމަށް ދެވޭ ލޯނެކެވެ. އޭގެތެރޭގައި އަލަށް މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރުވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތު ހިމެނެއެވެ.

ހަޔަރ އެޑިއުކޭޝަންް މިނިސްޓްރީން ބުނީ ސްޓޫޑެންޓް ލޯނަށް ހުޅުވާލި 720 ފުރުޞަތުގެ މުއްދަތު މިއަދު ހަމަވިއިރު، 1000 އަށްވުރެގިނަ ދަރިވަރުން ކުރިމަތިލާފައިވާކަމަށެވެ.

ތައުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއްދެއްވާއިރު، ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 138 މިލިއަން ރުފިޔާ ވަނީ ސްޓޫޑެންޓް ލޯނުގެ ގޮތުގައި ކަނޑައަޅާފައެވެ. މިއަހަރުގެ ލޯން ސްކީމަށް ހުޅުވާލާފައިވަނީ ސްޓޫޑަންޓް އެޑްމިނިސްޓްރޭޝަން ފީ 3 އިންސައްތައިން 1 އިންސައްތައަށް ކުޑަކުރުމަށްފަހުއެވެ.

މިދިޔަ އަހަރު ހުޅުވާލި ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލާފައި ނުވިނަމަވެސް މިއަހަރުގެ ލޯން ސްކީމްގައި ރާއްޖޭގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. މިގޮތަށް ފުރުޞަތު ފަހިކޮށްފައިވަނީ ވަރަށް ގިނަ ދަރިވަރުން މާސްޓާސް ޑިގްރީއަށް ކިޔަވަމުންދާތީއާއި، ކޯވިޑްގެ ސަބަބުން ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ދިއުމަށް ދަތިވެފައިވުމުގެ ސަބަބުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މިއަހަރު ލޯން ސްކީމަށް ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ހުރިހާ ދަރިވަރުންނަށްވެސް އެ ދަރިވަރުންގެ އެހެނިހެން ޚަރަދުތައް ހަމަޖައްސަން ލޯން ބޭނުންވާނަމަ އެ ފުރުޞަތު ލިބޭގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން