ރާއްޖޭގައި މިހާތަނަށް ބާއްވާ އޭވިއޭޝަން ދާއިރާގެ އެންމެ ބޮޑު އިމަރޖެންސީ އެކްސަސައިޒް މިމަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ގުޅިގެން ކުރިއަށްގެންދާ އެކްސަސައިޒެކެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ މި އިވެންޓަކީ އެއަރޕޯޓްގެ ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ސަލާމަތީ ކަންކަމާއި ގުޅިގެން ތައްޔާރުވުމަށްޓަކައި ކުރިއަށް ގެންދެވޭ ޚާއްސަ އެކްސަސައިޒެއް ކަމަށެވެ. މި އިވެންޓް ކުރިއަށްދާ ވަގުތު އެއަރޕޯޓްގެ ސީ ޕްލޭން ރަންވޭ ފިޔަވައި ދެން ހުރި ރަންވޭތަކުގެ އޮޕަރޭޝަން މަސައްކަތްތައް ދެ ގަޑިއިރަށް މެދުކެނޑިގެން ދާނެކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައި ޗެކިން ކުރުންފަދަ ޚިދުމަތްތައް ކުރިއަށްދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.

މި އެކްސަސައިޒްގައި 29 އެޖެންސީއަކުން 400 ވޮލަންޓިއަރުން ބައިވެރިވާނެކަމަށާއި، އެގޮތުން މޯލްޑިވްސް ގާލް ގައިޑް، ސްކައުޓް އަދި ކެޑޭޓް ފަދަ އެސޯސިއޭޝަންތަކުން ބައިވެރިވާނެކަމަށް އެމްއޭސީއެލުން ބުނެއެވެ. މީގެ އިތުރުން ގްރޭޓަރ މާލެ އޭރިޔާއިން 5 ހޮސްޕިޓަލަކުން މި އިވެންޓަގައި ބައިވެރިވާނެއެވެ. އޭގެތެރޭގައި އައިޖީއެމްއެޗް، އޭޑީކޭ، ސެނެހިޔާ މެޑިކަލް ހޮސްޕިޓަލް އަދި ޓްރީ ޓޮޕްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް ހިމެނެއެވެ.

މި އިވެންޓް ކުރިއަށް ދާނީ 16 ވަނަ ދުވަހުގެ ހަވީރު 16:00އިން ފެށިގެން ރޭގަނޑު 20:00އާ ހަމައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން