ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަށާ ތަމްރީނުތަކަކީ މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭ ތަމްރީންތަކަކަށް ހެދުމަކީ މުހިއްމުކަމެއްކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ފެންވަރު ރަނގަޅު ނާޒިރުން ތަމްރީނު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން މިރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަދުގެ ސަރުކާރުން އަދި ޚާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޢުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން ސްކޫލްތަކުގައި ވަޞީލަތްތައް ޤާއިމްކުރުމާއެކުއެކީގައި އެތަންތަނަށް ބޭނުންވާ ފެންވަރު ރަނގަޅު މުދައްރިސުންނާއި ޕްރިންސިޕަލުންގެ އިތުރުން އެ ދާއިރާއަށް ބޭނުންވާ އެހެނިހެން ފަރާތްތައް ތަމްރީނު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ.

އަދި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ނުލިބި އެތައް ދުވަހެއް ވޭތުވެގޮސްފައިވާކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފެށިގެންމިދާ ތަމްރީނުތަކަކީ މެދުކެނޑުމެއްނެތި ކުރިއަށްގެންދެވޭ ޕްރޮގްރާމަކަށް ހެދުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.



ޕްރިންސިޕަލުންނަކީ ތަޢުލީމީ މުޢައްސަސާތަކުގައި ގިނަ ޢަދަދެއްގެ މީހުންނާއެކު ޓީމެއް ލީޑުކޮށްގެން މަސައްކަތް ކުރާ ފަރާތަކަށްވީހިނދު، ޕްރިންސިޕަލުންނަކީ އެންމެންގެ އަޑުއަހައި، ހުރިހާ އެންމެނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތަކީވެސް މުޅި ރާއްޖޭގެ އެންމެހާ ސަރަޙައްދުތަކަށް ދަތުރުކޮށް އެތަންތަނުގައި ހުރި މައްސަލަތައް ގާތުން ބަލައި ފާހަގަކޮށް، އެކަންކަމަށް ހައްލު ހޯދަދިނުން ކަމުގައި ވިދާޅުވިއެވެ.

އެ

މި މޭރުމުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ މިހާރުގެ ދުވެލީގެ ތެރެއިން ސްކޫލްތަކަށް ދިމާވެފައިވާ ގިނަގުނަ ދަތިތައް ހައްލުކޮށްދެވިގެންދާނެ ކަމުގައެވެ. ސްކޫލްތަކުގައި އަދި ހާއްސަކޮށް މުޅި ތަޢުލީމީ ނިޒާމުގައި ހުރި ދަތިތަކާއެކުވެސް، ހުއްޓުމެއްނެތި ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއިން ފެށިގެންގޮސް ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ފަރާތްތަކަށް ޝުކުރުދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކޮލަރޝިޕް ފުރުޞަތުތަކަށް ހޮވިވަޑައިގެންނެވި ނާޒިރުންނަށް އެކަމުގެ ލިޔުން ޙަވާލުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން