އުތުރުގެ ރަށެއްގައި ދޮން ދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މުދިމަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ އުތުރު ރީޖަން ކަމަށް ބަލާ ސަރަހައްދުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމުގެ މައްސަލައެއް ހުސްވި މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެެ.
މިމަައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެ ރަށުގެ މުދިންކަން ކުރާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. އުތުރު ރީޖަންގެ ގޮތުގައި ހިމެނެނީ ނ އަތޮޅުން ފެށިގެން ޅ. އަތޮޅާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކެވެ.

ކިޔުންތެރިންގެ ހިޔާލު