ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ އަރީޝާ އަބްދުﷲ މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.
ޕަލްމިނަރީ އާޓެރީ ހައިޕަޓެންޝަނާއި ޝޯގްރީން ސިންޑްރޯމް ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް އުމުރުން 23 އަހަރުގެ އަރީޝާ، ނިޔާވީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ކުއްލިއަކަށް ހާލު ދެރަވެގެންނެވެ. އަރީޝާ ނިޔާވިކަން އާއިލާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެެވެ. އަރީޝާ ނިޔާވީ ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށް އޭނާ އިންޑިއާއަށް ގެންދިއުމަށް އާއިލާއިން ތައްޔާރުވަމުންދަނިކޮށެވެ.
2017 ގައި އިންޑިއާއިން ހެދި ޓެސްޓުން ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ދެ ބައްޔެއް އަރީޝާއަށް ޖެހިފައިވާކަން ވަނީ ހާމަވެފައެވެ. އެއީ ހިތާއި ފުއްމާޕެއާ ދޭތެރޭގައި އިންނަ ލޭ ހޮޅީގެ ޕްރެޝަރު މަތިވަމުން ދިއުމާއި ހަށިގަނޑު ބަލިކަށިކޮށްލާ ޝޯގްރީނެވެ.
އޭނާގެ ހާލަތު ގޯސްވީ، މިދިޔަ އަހަރުގެ އޭޕްރީލް މަހު ގަދައަށް ކެއްސައި، އަނގައިން ލޭ އަންނަން ފެށި ފަހުން ކަމަށް އާއިލާ އިން ބުނެ އެވެެ. އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ނިއުމޯނިޔާ ވެސް އޭނާއަށް ވަނީ ޖެހިފައެވެ. އެ ހާލަތު އިތުރަށް ގޯސްވެފައިވަނީ މިދިޔަ ޖެނުއަރީ މަހު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އަރީޝާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވަނީ ހާލަތު ގޯސްވާން ފެށުމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު