ކައުންސިލް ތަކުގެ ދައުރު ދަންމާލުމާ ބެހޭގޮތުން ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށައެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުޣަފޫރު މޫސާ އެވެ.
ޤަރާރު ބަލައިގަތުމަށް ފެންނަކަމަށް 61 މެމްބަރުން ވޯޓުދެއްވި އިރު ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދުމަށް މަޖިލީހުން ނިންމައިފައި މިވަނީ، ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފާވެސް ހޯދުމަށް ފަހުގައެވެ. މި ދެ ބޭފުޅުންވެސް ލަފާދެއްވާފައިވަނީ ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށެވެ.
މިހާރު ހިނގަމުންދާ ކައުންސިލުތަކުގެ ދައުރު އަންނަ ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު އާ ކައުންސިލަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވޭތީ ސަރުކާރުން މިހާރު ވަނީ އެކަމަށް ގާނޫނީ ހައްލެއް ހޯދައިދީފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ފަސް ކުރުމާބެހޭ ގޮތުން ސަރުކާރުން ފާސްކުރި ގާނޫނަކީ ހަމައެކަނި އިންތިޚާބު ފަސްކޮށް އެއިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ ބިލެކެވެ. އެހެންކަމުން މިހާރު އިންތިޚާބުކޮށްފައިތިބި، ޖޫން 2 ގައި ދައުރު ހަމަވާ ކައުންސިލަރުންނާއި މެދު ގޮތެއް ނިންމެން އޮތީ ގާނޫނު އަސާސީއަށް ބަދަލު ގެނަސްގެން ކަމަށް ފެންނާނީ ސަރުކާރުން މިހާރުވަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނަސްގެން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށައަޅާފައެވެ. އެ އިސްލާހު މަޖިލީހުން ބަލައިގަނެ މިހާރު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވާފައެވެ.
އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމާމެދު ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ޣަފޫރު މިއަދު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށައެޅުއްވީ މަޖިލީހުގެ ތަޅުމުގައި މި އިސްލާހާއި ބެހޭގޮތުން ބަހުސް ހިނގަމުން ދަނިކޮށެވެ.
މިރޭގެ ޖަލްސާ މެދުކަނޑާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ޤާނޫނު އަސާސީ ބުނާގޮތުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ސުޕްރީމްކޯޓުގެ ލަފާ ދެއްވަންޖެހޭ ކަމަށާއި، އެހެންކަމުން ސުޕްރީމްކޯޓުން ލަފައެއް ދެއްވަންދެން ޖަލްސާ މެދުކަނޑާ ލައްވަން ނިންމެވީ ކަމަށެވެ. އަދި މަޖިލީހުގެ މިރޭގެ ޖަލްސާ އިތުރަށް ކުރިއަށް ގެންދާނީ ސުޕްރީމްކޯޓުން ލަފާ ލިބުމުން ކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު