އެންމެ ގިނައިން ރަޝިޔާ ފަތުރުވެރިން ރާއްޖެ ގެންނަ، އޭރޯފްލޮޓް އެއަރލައިންގެ ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓާލައިފިއެވެ.

ރަޝިޔާގެ ގައުމީ އެއަރލައިން، އޭރޯފްލޮޓްއިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަންގާރަދުވަހުން ފެށިގެން އެއާރލައިންގެ ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ. އަދި ދަތުރުތައް ހުއްޓާލުމަށް ނިންމީ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ދިމާވި ހުރަސްތަކެއްގެ ސަބަބުންކަމަށް އެއަރލައިނުން ބުނެއެވެ. ނަމަވެސް ޑޮމެސްޓިކް ދަތުރުތަކާއި އަވަށްޓެރި ބެލެރޫސްއަށް ކުރާ ދަތުރުތައް ކުރިއަށްދާނެކަމަށް އެ އެއަރލައިނުން ބުނެއެވެ.

ރަޝިޔާގެ ގައުމީ އެއަރލައިންގެ ދަތުރުތައް ހުއްޓާލާފައި މިވަނީ، ޔޫކްރެއިނަށް ހަމަލާދޭ މައްސަލައިގައި ރަޝިޔާގެ އެއަރލައިންތަކަށް ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުންނެވެ. އެކަމުގެ ސަބަބުން ރަޝިޔާގެ ވައިގެ ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ.

ރަޝިޔާގެ ގައުމީ އެއަރލައިން، އޭރޯފްލޮޓްގެ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލަން ނިންމިއިރު، އެއީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން މިއަހަރުގެ މިހާތަނަށް އައިސްފައިވާ ރަޝިޔާގެ ފަތުރުވެރިން ރާއްޖެ އަންނަ މައި އެއާރލައިނެވެ. އެހެންކަމުން އެ އެއަރލައިންގެ ދަތުރުތައް ހުއްޓާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ.



ކިޔުންތެރިންގެ ހިޔާލު