އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދިޔަ ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގްރާމް ރާއްޖޭގެ 32 ދަރިވަރަކު ފުރިހަމަކޮށްފިއެވެ.

މިއީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގެ ދަރިވަރުން ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

ޖޫނިއަ އެސްޓްރޮނޯޓް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް، ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓްފިކެޓް ހަވާލުކުރީ އިއްޔެ ސްޓެލްކޯ

މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މާލެ އާއި ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކިޔަވައިދީފައިވަނީ މައިގަނޑު ތިން މޮޑިއުލް އަކަށެވެ. ސްޕޭސްގައި ފިޓްނަސް ބަހައްޓާނެ ގޮތާއި، ކެއިންބުއިން ކުރިއަށްގެންދާނެ ގޮތުގެ އިތުރުން، ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީއާއި، ޓީމެއްގެ ގޮތުގައި

އެސްޓްރޮނޯޓުން ގުޅިގެން މަސައްކަތް ކުރާގޮތް ދަރިވަރުންނަށް ދަސްކޮށްދިނެވެ.

މި ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް 2023 ގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި އިތުރު ތަމްރީނު ހޯދުމުގެ ފުރުސަތު އައިޖީއެސްއިން ފަހިކޮށްދޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.

އައިޖީއެސް އަކީ ރާއްޖޭގައި ސްޕޭސް ސައިންސް ކުރިއެރުވުމަށް މަސައްކަތްކުރާ ހަމައެކަނި އިންސްޓިޓިއުޝަނެވެ. އައިޖީއެސް އިން ވަނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް އިފްތިތާހުކޮށް، ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ގެ މަސައްކަތް ފަށާފައެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަޖުމަ ބެލެމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. އައިޖީއެސްގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކީގައެވެ.

އެޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީއާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން މަސައްކަތްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު