ފުލުހުންގެ އިސްވެރިން އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ކައުންޓަޓެރަރިޒަމް އަދި ބައިނަލްއަގްވާމީ އޮޕަރޭޝަންސް ޑިވިޝަންތަކާ ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފިއެވެ.
ފުލުހުންގެ އިސްވެރިން އެމެރިކާއަށް ކުރައްވާ މި ޒިޔާރަތަކީ އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދައުވަތަކަށް ކުރައްވާ ޒިޔާރާތެކެވެ.
އެފްބީއައިއާއެކު ބޭއްވި ބައްދަލުވުމުގައި އެ އެޖެންސީގެ ކައުންޓަޓެރަރިޒަމް ޑިވިޝަނާއި ބައިނަލްއަގުވާމީ އޮޕަރޭޝަންސްއާ ގުޅޭ ޑިވިޝަނުގެ މަސައްކަތްތައް ހިނގާ ގޮތާ ގުޅޭ ގޮތުން ފުލުހުންގެ އިސްވެރިން ވަނީ މައުލޫމާތު ސާފުކުރައްވާފައެވެެ.
މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިދަތުރުގެ ތެރެއިން ފުލުހުންގެ އިސްވެރިން ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ވެސް ބައްދަލުކުރައްވާފައެެވެ.

.@FBI hosted @PoliceMv and @TheJusticeDept’s #ICITAP to learn more about @FBI’s International Operations Division, Counterterrorism Division and Global Initiatives. https://t.co/zt5kfxryIN pic.twitter.com/RjBTtgY5N2
— U.S. Department of Justice - International (@USDOJ_Intl) March 5, 2022
މި ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ފުލުހުންގެ އިންޓެލިޖެންސް ވެރިޔާގެ އިތުރުން އިސް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިދަތުރުގެ ތެރެއިން ފުލުހުންގެ އިސްވެރިން ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ވެސް ބައްދަލުކުރައްވާފައެެވެ.
ކިޔުންތެރިންގެ ހިޔާލު