އަމާޒަކީ މިއަހަރު ނިމޭއިރު އެމްޓީސީސީގެ އާމްދަނީ 300 މިލިއަން ރުފިޔާއިން މައްޗަށް ޖެއްސުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކޮންމެ އަހަރަކު 50 މިލިއަން ރުފިޔާ ފައިދާ އިތުރު ކުރުން ކަމަށެވެ. މަގާމާއި ހަވާލުވެވަޑައިގަތުމަަށްފަހު އެންމެ ބޮޑު އަމާޒަކަށް ހެއްދެވީ 200 މިލިއަން ރުފިޔާގެ ފައިދާ ލިބޭ ކުންފުންޏަކަށް އެމްޓީސީސީ ހެދުމަށް ކަމަށާއި، އެ އަމާޒަށް ވާސިލްވެވިފައިވާ ކަމަށް އާޒިމް ވިދާޅުވިއެެވެ.

2021 ވަނަ އަހަރު 270 މިލިއަން ރުފިޔާގެ ފައިދާ އެމްޓީސީސީއަށް ލިބިފައިވާ ކަމަށާއި މިހާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު އެ އަދަދު 300 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ޖެއްސުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ އަހަރަކުވެސް 50 މިލިއަން އިތުރުކުރަން، އެހެންވީމަ 2020 ވަނަ އަހަރު 200 މިލިއަން 2021 ގައި 250 މިލިއަން 2022 ގައި 300 މިލިއަން އިރާދަކުރެއްވިޔާ 2022 ނިންމާނީ 300 މިލިއަނުން މައްޗަށް. އެއީ އަޅުގަނޑުމެންގެ އަމާޒަކީ. އެކަން ހާސިލްކުރެވޭނެ 2023 ގައި އަޅުގަނޑުމެން ނިއްމާނީ 350 މިލިއަންގައި. 2024ގައި ނިއްމާނީ 400 މިލިއަން ރުފިޔާގެ ފައިދާގައި." ކުންނީގެ ކުރިމަގަށް ކުރަށްވާ އުއްމީދުތައް ހިއްސާކުރަށްވަމުން އާޒިމް ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެކެެވެ. އަދި އެކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތައް ފުރިހަމަ ކުރުމުގައި އެންމެ ގިނަ މަސައްކަތް ކުރަމުންދާ އަދި އެންމެ އިސް ދައުރެއް އަދާކުރާ އެއްކުންފުންޏެވެ.



ކިޔުންތެރިންގެ ހިޔާލު