ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ބިލް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަކަށް ބިލު ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޤާނޫނު އަސާސީ އިސްލާޙުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ހުށައެޅުއްވި ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 60 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އަދި އެ ބިލް މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުމަށް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި 61 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.
މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދައްމާލުމުގެ މައްސަލައިގައި ސަރުކާރުން ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށައަޅާފަ އެވެ. ނަމަވެސް، ގާނޫނު އަސާސީ އިސްލާހުކުރުމަށް ދެކޮޅުކަމަށް ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ، އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަ ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލުތައް ހުސްކަމަކަށް ނުގޮސް، ހައްލުކުރެވޭނެ ކަމަށް އެ މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.
ކައުންސިލް ތަކުގެ ދައުރު ދަންމާލުމުގެ މައްސަލާގައި ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފައަކަށް މަޖިލީހުން އެދިފައިވާއިރު، ސުޕްރީމް ކޯޓުގެ ލަފައަކަށް އެދުނު ކަމުގައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސްކުރުން ކުރިއަށް ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު