ބ. މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތް
ބ. މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތް
ބ. މާޅޮހު ފެނާއި ނަރުދަމާގެ މަސައްކަތުގައި ނަރުދަމާ ހޮޅިވަޅުލުމުގެ 72 އިންސައްތަ ނިމިފައިވާ ކަމަށް މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިންމާލުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ދާދިފަހުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާ ނެތް ހުރިހާ ރަށެއްގައި އެމަސައްކަތް ކުރުމަށް ކުންފުނިތަކާއި ހަވާލުކޮށްފައެވެ.

އެމްޑަބްލިއުއެސްސީން މާޅޮހު ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. އެ ކުންފުނިން ބުނީ އެމަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތައް ހަލުވި ސްޕީޑްގައި ކުރިއަށްގެންދާ ކަމަށެވެ.

540 ދުވަހުގެތެރޭގައި މަސައްކަތް ނިންމާގޮތަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޑަބްލިއުއެސްސީއާ މިމަސައްކަތް ހަވާލުކޮށްފައިވަނީ 60.4 މިލިއަން ރުފިޔާއަށެވެ.

ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅޮހުގެ 230 ގެއަކަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ 4500 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 4943 މީޓަރު ނުވަތަ 4 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމްކުރާނެއެވެ.

މި މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން