ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
ތައިރޮޑް ފަރުވާއަށް ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަމަހުގެ 23 ދުވަހުއެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަމަހު 25 ވަނަ ދުވަހުއެވެ.
ރައީސްގެ އޮޕަރޭޝަނަށް އެމަނިކުފާނު ވަނީ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކުޑަ ވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހަވާލުކުރައްވާފައެވެ. އަދި 3 ގަޑިއިރާއި 30 މިނެޓް ފަހުން ރައީސް ވަނީ އަލުން އެމަނިކުފާނުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު