ރައްޔިތުން ހަލާކުވާން އެމްޑީޕީން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަލީ އާޒިމް އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ސަރުކާރުން ހުށައަޅާފައިވާ ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވީ، އެމްޑީޕީއަކީ ދިރިހުރި ޕާޓީއެއް ކަމަށާއި، އެއީ މަރުވެފައިއޮތް ޕާޓީއެއް ނޫން ކަމަށެވެ. އެހެން ކަމުން ޕާޓީ ހިނގައިގަންނައިރު ޚިޔާލުތަފާތު ވާނެ ކަމަށާއި، އެއީ ފިތުނަވެރިކަމެއް ނޫންކަމަށާއި، އަދި ޙަސަދަވެރިކަމެއްވެސް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދު އޮންނަން ޖެހޭނެ. ދިވެހި ރައްޔިތުންނަށް އުއްމީދު ދޭން ޖެހޭނެ. ރައްޔިތުން ހަލާކުވެގެން ދާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އަޅުގަނޑުމެން މިޙާލުގައި މި ދަތީގައި މި މާސްކު އަޅައިގެން މިވާހަކަ މިދައްކަން ޖެހެނީ ރައްޔިތުންނަށް އުއްމީދުތަކެއް ދޭންވެގެން. ރައްޔިތުން ހަލާކުވެގެން ދާކަށް ރައީސް ޞާލިޙެއް، އެމްޑީޕީ އެއް އަދި މި މަޖިލީހުން ފުރުސަތެއް ނުދޭނެ." އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ މަޖިލީހަށް އައިސް ބޭކާރު ވާހަކަ އިދިކޮޅު ފަރާތްތަކުން ނުދެއްކުމަށް އެދިވަޑައިގެން މި ސަރުކާރު އޮތީ އެއަށްވުރެ ގަދަކޮށް ކަމަށް ވިދާޅުވެފައެވެ.
"ރައްޔިތުން ނިކަމެތިކުރި ބަޔަކީ ޕީޕީއެމް. ޔާމީން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިރާއްޖޭގެ އިޤްތިޞާދު ހަލާކުވާކަށް ފުރުސަތެއް ނުދޭނެ. މިޤައުމުގެ ބަޖެޓް 25 އަހަރުވަންދެން ކޮންމެ އަހަރަކު ބައްލަވަން އިންނެވި. ދެން މިއަށްވުރެ ތަޖުރިބާހުރި ކޮންބޭފުޅެއްތޯ ހުރީ މިޤައުމުގައި ވެރިކަން ކުރަން." އެހެން ކަމުން ރާއްޖޭގެ އިޤްތިޞާދު ހަލާކުވުމަށް ރައީސް ޞާލިޙް ޖާގަ ނުދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ މިފަދަ ބަލިމަޑުކަމެއްގެ ވާހަކަ ސިޔާސީ ބޭނުމަށްޓަކައި މަޖިލީހަށް އައިސް ނުދެއްކުމަށް އިދިކޮޅު ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މި ހުރިހާ ކަމެއްގެ އިހުމާލަކީ ޕީޕީއެމް ކަމަށާއި އަދި ރައީސް ޔާމީން ކަމަށް އާޒިމް ވިދާޅުވިއެވެ. މިޤައުމު ބޭންކްރަޕްޓްވާ ވާހަކަ އިދިކޮޅު މެމްބަރުން ދައްކަވާއިރު ޕީޕީއެމްގެ ސަރުކާރުގައި މި ދަޢުލަތުގެ ފައިސާއިން ކާލީ ކިހާ ޢަދަދެއްގެ ރުފިޔާއެއްތޯ މެމްބަރު އާޒިމް ވަނީ ސުވާލު އުފައްދަވާފައެވެ.
"އިދިކޮޅު ފަރާތްތައް ދައްކަނީ އިހުމާލު ވުމުގެ ވާހަކަ. މި ރޯގާއަކީ ނުރައްކާތެރި ރޯގާއެއް. މުޅިދުނިޔެއަށް ފެތުރިފައިވާ ރޯގާއެއް. އެކި ހިސާބުން މި ރޯގާގައި މީހަކު މަރުނުވާ ޤައުމެއް އޮތެކޭ އަޅުގަނޑުމެންނަކަށް ނެތް ދެންނެވޭކަށް. މިރޯގާގައި މި ޤައުމުގައި މީހަކު ނިޔާވުމުން މި ސަރުކާރުން ޒިންމާވާން ޖެހޭކަމަށް އިދިކޮޅު ފަރާތްތަކުން ދެކޭނަމަ އެއީ ތަނެއްދޮރެއް ނުދަންނަ ގަމާރު މީހުން." އާޒިމް ވިދާޅުވިއެވެ.
ބޭކާރު ވާހަކަ ދައްކައިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަންކަން ކުރަމުން ދަނީ ގޯސްކޮށް ކަމަށް، ޤާނޫނާ ޤަވާއިދާ ޚިލާފަށް ކަމަށް އަދި ރައްޔިތުން ބޭނުން ނޫން ގޮތަށް ކަމަށް ބުނެ ތަކުރާރުކޮށް އެދައްކާ ވާހަކަތައް އާޒިމް ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކަށް އެވާހަކަ އެގޮތަށް ދެއްކުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އެގޮތަށް ވާހަކަ ނުދެއްކޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިކަމުގައި އިހުމާލުވެފައިއޮތީ ވޭތުވެދިޔަ ސަރުކާރުގައި ތަންތަނަށް އިސްކޮށްފައި ތިބި ފަރާތްތައް ކަމަށެވެ. ޚާއްސަކޮށް ޒިންމާ އުފުލަން ޖެހޭނެ މީހަކީ ރައީސް ޔާމީން ކަމަށް އާޒިމް ވިދާޅުވިއެވެ. ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައިވަނީ ބިދޭސީންގެ މެދުގައިކަމަށް ވިދާޅުވެ އާޒިމް ވަނީ އެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މިރާއްޖޭގައި ބިދޭސީން އެތެރެކޮށް އިންސާނީ ވަގުފާރި ކުރީ ލާރިއަށްޓަކައި ޔާމީނު އަބްދުލް ޤައްޔޫމް އިކޮނޮމިކް މިނިސްޓަރަކަށް ހުރެގެން،" ކަމަށް ވިދާޅުވެ ބިދޭސީން ރާއްޖޭގައި އިތުރުވެފައިވާ މައްސަލައިގެ ޒިންމާ ރައީސް ޔާމީން ނަންގަވަންޖެހޭނެ ކަމުގެ ތުހުމަތު އާޒިމް ވަނީ ކުރަށްވާފައެވެ. ރާއްޖޭގައި ބިދޭސީންގެ ކަންކަން ހައްލު ނުވެގެން މިއުޅެނީ އެހިސާބުން ފެށިގެން ކަމަށް އާޒިމް ވިދާޅުވިއެވެ.
މިއަހަރު ނޮވެމްބަރުގައި ފަތުރުވެރިކަމަށް ބޫސްޓެއް އަންނާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވި ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔާފައިވާތީ އެކަމަށްވެސް އާޒިމް ވަނީ ރައްދު ދެއްވާފައެވެ. ނޮވެމްބަރުގައި ޓޫރިޒަމަށް ބޫސްޓެއް އަންނަ ކަމަށާއި، އެހެންކަމުން އިދިކޮޅު ފަރާތްތަކުން ނޮވެމްބަރު އަންނަންދެން ކެތްތެރިވުމަށް އާޒިމް ވަނީ އެދިވަޑައިގެންފައެވެ.
އާޒިމްގެ ވާހަކައިގައި އެމްޑީޕީން މި ފަސްއަހަރުގައި މި ރާއްޖެ އަލުން އާރާސްތުކޮށް މިއަށްވުރެ މަތިކޮށް ދައްކައިދޭނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު