ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހަންޖެހޭކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ޓެކްސީ ޑްރައިވަރުން މާލެ ސަރަހައްދުގައި ކުރާ ދަތުރުތަކުގެ އަގު ބޮޑުކުރުމަށް ނިންމުމާއި ގުޅިގެން ސަރުކާރާއި ޑްރައިވަރުންނާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.



މިމައްސަލައިގައި މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވަނީ ‏ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް އަޑުއަހާ އެ ކަންބޮޑުވުންތަކަށް އިންސާފުވެރި ޙައްލެއް ގެނެސްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަށްވާފައެވެ. އަދި މާލޭގެ އާބާދީގެ ގިނަ ބަޔަކު ބޭނުންކުރާ ޓެކްސީ ޚިދުމަތަކީ އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެސްދޭންޖެހޭ ޚިދްމަތެއްކަމަށް މޭޔަރ ވިދާޅުވިއެވެ.

ޑްރައިވަރުންނާއި ސަރުކާރާއި ދެމެދު ނުތަނަވަސްކަން އުފެދުނީ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން 14 ޓެކްސީ ސެންޓަރަކުން އެއްބަސްވެ އެކަން އެގޮތަށް ނިންމުމާއި ގުޅިގެނެވެ.

ނަމަވެސް ސަރުކާރުން ވަނީ ޓެކްސީތަކުން ދަތުރުތަކުގެ އަގު ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެކަަމަށް ބުނެފައެވެ. އަދި ފުލުހުން ވަނީ ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް އެއްވެސް އެއްޗެއް ނަގައިފިނަމަ އެކަން ފުލުހުންނަށް އެންގުމަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު