އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރަކަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އިންތިޚާބުކޮށްފިއެވެ.
މިއަދުގެ ބޭއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އިންތިހާބުގައި އަނދުން ހުސައިނާ ވާދަކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.
މި އިންތިހާބު ހުސެއިން ކާމިޔާބު ކުރެއްވީ 38 ވޯޓު ހޯއްދަވައިގެންނެެވެ. އިލްޔާސަށް ލިބިވަޑައިގަތީ 25 ވޯޓެވެ. މިއަދުގެ އިންތިހާބުގައި 63 މެންބަރަކު ވޯޓްދެއްވާފައިވާއިރު އެމްޑީޕީގެ ޕީޖީ ގުރޫޕްގައި 65 މެންބަރުން ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ދެ ނައިބުން ތިއްބަވައެވެ. އޭގެތެރެއިން އެއް ނައިބުގެ މަގާމަށް މީގެ ކުރިން އިންތިޚާބުވެވަޑައިގެންފައިވަނީ އަލިފުށި ދާއިރާ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް އިންތިހާބު ވެފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އޭނާ އެ މަގާމަށް އިންތިޚާބުވީ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާ ވާދަކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު