ރާއްޖޭގެ އަންހެނުންނަށް އިތުބާރުކޮށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްްޖެއެވެ.
އަންހެނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަންހެނުން ބާރުވެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަންހެނުން ބާރުވެރިކުރެވޭނީ އެ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދީ އަންހެނުންނާއި ހަވާލުކުރެވޭ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރެވޭ ކަމުގެ ހިތްހަމަޖެހުން އަންހެނުންނަށް ލިބޭނެ ކަމުގެ މާހައުލެއް ގާއިމް ކުރެވިގެން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑަށް ދަސްވި އެއްޗަކީ ފުރުސަތުތައް ފަހިކޮށްދީފައި އިތުބާރު އުފެއްދީމަ އަންހެނުންނަށް ބޮޑަށް ކުރިއަށް ދިޔުމުގެ ފުރުސަތުތައް ފަހިވެގެންދާކަން." ރާއްޖޭގެ ތައުލީމީ ދާއިރާގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ލިބިވަޑައިގެންނެވި ތަޖުރިބާ ހިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވިއެވެ.
އަންހެނުން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގައި ވެސް މާރޗު މަހުގެ އަށް ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫއެންވިމެން އިން މިއަހަރުގެ ޝިއާރު ކަމުގައި ހަމަޖައްސާފައިވަނީ "ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު،" މި ޝިއާރެވެ.
އަންހެނުންގެ ދުވަހަކީ އިޤުތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު