ހުޅުމާލޭގައި އަލަށް ގާއިމްކުރި ކޯވިޑް ފެސިލިޓީ ހުޅުވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ ހުޅުމާލޭގައި ގާއިމްކުރި "އިންފެކްޝަސް ޑިސީސަސް މެނޭޖްމަންޓް ސެންޓަރު" ގައި 272 އެނދު ހިމެނޭއިރު، އޭގެތެރޭގައި 44 އައިސީޔޫ އެނދު ހުންނާނެކަމަށެވެ.
މިނިސްޓްރީން ބުނީ އެ ސެންޓަރުން އެމަޖެންސީކޮށް ބަލިމީހުނަށް ފަރުވާދިނުމާއި އެޑްމިޓްކޮށްގެންވެސް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.
ދާއިމީ ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި "އިންފެކްޝަސް ޑިސީސަސް މެނޭޖްމަންޓް ސެންޓަރު" ގާއިމްކުރުމަށް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުއެވެ.
މިތަން ގާއިމްކޮށްފައި ވަނީ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތެއްގައެވެ. އަދި އިމާރާތު މަސައްކަތް ނިންމުމަށްފަހު ހެލްތު މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.
ހުޅުމާލޭގެ އާ ކޯވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ.

As part of the commitment to improve the quality of care provided to Covid-19 patients, a new facility has been opened. The Infectious Diseases Mangement Center at Hulhumale' is a 272 bedded facility including 44 ICU beds. pic.twitter.com/1DswNyLh36
— Ministry of Health (@MoHmv) March 8, 2022
ދާއިމީ ކޯވިޑް ފެސިލިޓީއެއްގެ ގޮތުގައި "އިންފެކްޝަސް ޑިސީސަސް މެނޭޖްމަންޓް ސެންޓަރު" ގާއިމްކުރުމަށް ސަރުކާރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުއެވެ.
މިތަން ގާއިމްކޮށްފައި ވަނީ އެޗްޑީސީގެ ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ޢިމާރާތެއްގައެވެ. އަދި އިމާރާތު މަސައްކަތް ނިންމުމަށްފަހު ހެލްތު މިނިސްޓްރީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުއެވެ.
ހުޅުމާލޭގެ އާ ކޯވިޑް ފެސިލިޓީއަކީ 3 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. ޢިމާރާތް ޑިޒަންކޮށްފައިވަނީ އޮކްސިޖަން ސިލިންޑަރުތައް އުފުލަން ނުޖެހޭ ގޮތަށް ހޮޅި އަޅާގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު