އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ގިނަކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅިގެން ކުރެއްވި.ޓްވީޓެއްގައެވެ.

ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު އަޅުގަނޑުމެންގެ މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި، އަންހެނުން ކޮށްދެއްވާ ގިނަގުނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާކަމަށެވެ.

ރައީސް ވިދާޅުވީ އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް އެދެވިގެންވާ މަސައްކަތްތަކެެއް ކުރެވުނަސް، އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތައިލެވިފައިވާ ދުނިޔެއަކާ އަޅުގަނޑުމެން މިތިބީ ވަރަށް ދުރުގައިކަމަށް ރައީސް ވިދާޅުވިއެވެ.



މިއަހަރުގެ އަންހެނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ހިންގާ ޙަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވަނީ އދ.އިން ކުރިއަށް ގެންދާ "ޖެނެރޭޝަން އީކްއަލިޓީ" ނުވަތަ ހަމަހަމަ ޖީލު، ކެމްޕޭނާ ގުޅުވައިގެންކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެއެވެ.

މި ކެމްޕޭނަކީ ހުރިހާ ދާއިރާއެއްގައިވެސް ކަންކަން ނިންމުމުގައި އަންހެނުންނަށް ލިބިފައިވާ ޙައްޤު ހޯދައިދިނުމާއި، މަސައްކަތްތަކުގައި ހަމަހަމަ އުޖޫރަ ލިބިދިނުމާއި، އެއްވެސް އުޖޫރައަކާ ނުލައި ގޭތެރޭގައި ކުރާ މަސައްކަތްތަކުގައި ދެޖިންސުގެ ހަމަހަމަ ބައިވެރިވުން އޮތުމާއެކު، އަންހެނުންގެ ބޭނުންތަކަށް އިޖާބަދޭ ސިއްޙީ ޚިދުމަތްތައް ޤާއިމުކުރުމަށާއި އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެންމެހައި އަނިޔާ ހުއްޓުވުމަށް ބާރުއަޅާ ބައިނަލްއަޤްވާމީ ކެމްޕޭނެކެވެ.



ކިޔުންތެރިންގެ ހިޔާލު