އިންޑިއާ އެއަރޕޯޓުގައި ބަންދުކުރި ދިވެހި މީހާ 22 ގަޑިއިރުފަހުން ދޫކޮށްލައިފިއެވެ.
އިންޑިޔާގެ ބެންގަލޫރުގެ އެއަރޕޯޓުގައި ބަންދުކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހުޅުހެންވޭރު ދާއިރާއަށް ވާދަކުރި ޝިޔާން ޝަފީގެވެ.
ޝިޔާން އިންޑިއާގެ ބެންގަލޫރުގެ އެއަރޕޯޓުގައި ބަންދުކުރީ އިއްޔެ މެންދުރު އޭނާ އިންޑިއާއަށް ދިއުމުންނެވެ. އަދި އެއްވެސް ސަބަބެއް ނުބުނެ އޭނާ އިންޑިއާއަށް އެތެރެވިޔަ ނުދިންކަމަށް ޝިޔާން ބުންޏެވެ.
ޝިޔާން ބުނީ 22 ގަޑިއިރު އެއަރޕޯޓުގައި ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމުން މިއަދު ހަވީރު 3:30 ހާއިރު މާލެ އައިސްފައިވާކަމަށެވެ. ނަމަވެސް އަދިވެސް އޭނާ ހިފެހެއްޓި ސަބަބެއް ނުބުނާކަމަށް ބުންޏެވެ. ޝިޔާން ވަނީ އޭނާއަށް އެކަން ދިމާވުމުން އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ޝިޔާން ބުނީ އޭނާ ހިފަހައްޓާފައި ހުރީ ދިވެހި ސަރުކާރުން އޭނާ ޑިޕޯޓްކުރަން އަންގާފައި އޮތުމުންކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބެއް އޮވެގެން އަންގާފައި އޮތް އެންގުމެއް ކަމެއް ނޭނގޭކަމަށްވެސް ޝިޔާން ބުންޏެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Alhamdulillahi I'm back in male' after being detained for more than 22hrs at Bangalore Airport for an unknown reason. I'm really grateful for everyone who have tried to help me in this situation.
— شعان شفیق☝🇵🇸 (@shiyalhey) March 8, 2022
"To hell with India Maldives friendship".#IndiaOut
ޝިޔާން ބުނީ އޭނާ ހިފަހައްޓާފައި ހުރީ ދިވެހި ސަރުކާރުން އޭނާ ޑިޕޯޓްކުރަން އަންގާފައި އޮތުމުންކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބެއް އޮވެގެން އަންގާފައި އޮތް އެންގުމެއް ކަމެއް ނޭނގޭކަމަށްވެސް ޝިޔާން ބުންޏެވެ. ނަމަވެސް ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު