މިދިޔަމަހު އެކި ކޯޓުތަކުގައި ޝެޑިއުލްކުރި އަޑުއެހުންތަކުގެ ތެރެއިން 37.6 އިންސައްތަ އަޑުއެހުން ކެންސަލްވިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިިދިޔަމަހު 96 ކޯޓެއްގައި 1688 އަޑުއެހުމެއް ތާވަލުކުރިއެވެ. އަދި އޭގެތެރެއިން 62.4 އިންސައްތަ ނުވަތަ 1054 އަޑުއެހުން ބޭއްވިފައިވެއެވެ. އަދި 37.6 އިންސައްތަ ނުވަތަ 634 އަޑުއެހުން ކެންްސަލްވެފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ޕީޖީގެ ތަފާސް ހިސާބުތައް ދައްްކާގޮތުން މިދިޔަމަހު ކޯޓުތަކުން 94 މައްސަލައެއް ވަނީ ނިންމާފައެވެ. އޭގެތެރެއިން 70 މައްސަލައެއް ސާބިތުވިއިރު، 22 މައްސަލައެއް ސާބިތުނުވާކަމަށް ވަނީ ނިންމާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ނިމުނު ފެބްރުއަރީމަހު ޕީޖީ އޮފީހަށް ދައުވާކުރުމަށް 144 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ޕީޖީ އޮފީހުން ގެންދަނީ ކޮންމެ މަހެއްގައި ޕީޖީ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އާއްމުކުރަމުންނެވެ.
މިދިޔަ މަހަށް ބަލާލާއިރު ދައުވާކުރުމަށް 144 މައްސަލައެއް ތަހުގީގު އިދާރާތަކުން ހުށަހެޅިއިރު، އޭގެ ތެރެއިން ބަލައިގަތީ 50 މައްސަލައެކެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 60 މައްސަލައެއް އަނބުރާ ފޮނުވާލިއިރު، 18 މައްސަލައެއް ދަނީ ދިރާސާކުރަމުންނެވެ. އަދި 10 މައްސަލައެއްގައި ދައުވާ ނުކުރުމަށް ވަނީ ނިންމާފައެވެ.

February stats! Total 96 courts scheduled 1688 criminal cases hearings, out of which 62.4% (1054) held and37.6% (634) got canceled.
— Hussain Shameem (@HuShameem) March 8, 2022
Our conviction rate in Feb was at 75% (94 concluded, 70 convictions, 22 acquittals, 2 dismissed at pretrial stage). https://t.co/cud3jAZ7pw pic.twitter.com/08YQANuxT5
ތަފާސް ހިސާބުތައް ދައްކާގޮތުން ނިމުނު ފެބްރުއަރީމަހު ޕީޖީ އޮފީހަށް ދައުވާކުރުމަށް 144 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ޕީޖީ އޮފީހުން ގެންދަނީ ކޮންމެ މަހެއްގައި ޕީޖީ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އާއްމުކުރަމުންނެވެ.
މިދިޔަ މަހަށް ބަލާލާއިރު ދައުވާކުރުމަށް 144 މައްސަލައެއް ތަހުގީގު އިދާރާތަކުން ހުށަހެޅިއިރު، އޭގެ ތެރެއިން ބަލައިގަތީ 50 މައްސަލައެކެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް 60 މައްސަލައެއް އަނބުރާ ފޮނުވާލިއިރު، 18 މައްސަލައެއް ދަނީ ދިރާސާކުރަމުންނެވެ. އަދި 10 މައްސަލައެއްގައި ދައުވާ ނުކުރުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު