ސިވިލް ސަރވިސްގެ އެންމެ ބޮޑު މައްސަލައަކީ ފަރުވާކުޑަވުންކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ހަސަން ޒަރީރު މިހެން ވިދާޅުވީ ސިވިލް ސަރވިސް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ ރައްޔިތުންގެ ބޮޑު ޝަކުވާއެއް ސިވިލް ސަރވިސްއާމެދު އޮތްއިރު، ސިވިލް ސަރވިސްގެ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭކަމަށެވެ. އަދި މިއަދު ސިވިލް ސަރވިސްގައި އޮތް އެންމެ ބޮޑު މައްސަލައަކީ ފަރުވާކުޑަވުން ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ސިވިލް ސަރވިސްގައި އެތައް ހާސް މުވައްޒަފުން އުޅޭއިރު، އެ އުފެއްދުންތެރިކަން ނުދެއްކޭކަމަށެވެ.
"ސިވިލް ސަރވިސްގައި އޮތް އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެންގެ މުވައްޒަފުން ފަރުވާ ކުޑަވުން، ޒިންމާތެރިކަން ކުޑަވުން. މިވާހަކަތައް އެބަޖެހޭ ދައްކަން. ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ސަރުކާރު އޮފީހަކަށް ވަނުމުން މީހުން މަދުވުން. ފޯނު ކޯލެއް ކުރުމުން އެއަށް ޖަވާބު ނުދިނުން. ލައްކަ ގިނަ މުވައްޒަފުން ކޮންމެ އޮފީހެއްގައިވެސް އެބަތިބި. އެކަމަކު އެ އުފެއްދުންތެރިކަމެއް ނުދެއްކޭ." ޒަރީރު ވިދާޅުވިއެވެ.
ޒަރީރު ވިދާޅުވީ ޤާނޫނުތައް އިސްލާހުކުރާއިރު، ސިވިލް ސަރވިސްގެ އުފެއްދުންތެރިކަމާއި ގުޅޭގޮތުން މަޝްވަރާކުރަންޖެހޭ ކަމަށެވެ.
ސިވިލް ސަރވިސްގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ދިޔަނަމަވެސް ސަރުކާރު އޮފީސްތަކުން އެކަށީގެންވާ ހިދުމަތެއް ނުލިބޭކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު