ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރީ ކޮންބޭފުޅެއްތޯ ބަލަން ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ޓޮމް މިހެން ވިދާޅުވީ، ރައީސް ސާލިހު ސާޖަރީއެއް ހެދުމަށް ވަގުތީގޮތުން މަޤާމުގެ މަސްއޫލިއްުޔަތުތައް ނާއިބު ރައީސާއި ހަވާލުކުރެއްވި ކުރެއްވުމަށް އިޝާރާތްކުރައްވައެވެ. އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާއި މެދު ސުވާލު އުފައްދަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޮމް ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެންވިޔަސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރީ ކޮންބޭފުޅެއްތޯ ބަލަންޖެހޭކަމަށެވެ. ޓޮމް ވިދާޅުވީ ޤާނޫނުއަސާސީގައި ވަކި ގޮތަކަށް ކަންކަން ކުރަން އޮއްވާ، އެއާއި ހިލާފަށް އަމަލުނުކުރެވޭނެކަމަށެވެ. އަދި ރާއްޖޭގައި ރައީސްކަމުގެ ހުވާކޮށްގެން ދެ ބޭފުޅަކަށް ނުތިބެވޭނޭކަމަށްވެސް ޓޮމް ވިދާޅުވިއެވެ.
"ޤަރާރެއް ނުވަތަ މައްސަލައެއް ހުށަހަޅައިގެން ނަމަވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުންނެވީ ކޮންބޭފުޅެއްތޯ ބަލަން ލަފައެއް ހޯދަން ސުޕްރީމް ކޯޓަށް ރައްޔިތުންގެ މަޖިލީހުން އެބަ ފޮނުވަންޖެހޭ. މިއީ ދުސްތޫރީ ބޮޑު މައްސަލައެއް. ޤާނޫނުއަސާސީގައި ސާފުކޮށް ބުނެފައި ހުރި ކަންކަމާއި ހިލާފަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްވިޔަސް، އަދި އުއްތަމަ ފަނޑިޔާރުވިޔަސް، ނާއިބު ރައީސް ލައްވާ ޤާނޫނުއަސާސީގެ ޖަދުވަލު 1ގައިވާ ހުވާ ކުރި ހިސާބުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ކާކުތޯ ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް. ހުވާކޮށްގެން އެއް ގައުމެއްގައި 2 ރައީސުންނަށް ނުތިބެވޭނެ. ސުޕްރީމް ކޯޓަށް މިމައްސަލަ ހުށާހެޅުމަކީ މަޖިލީހުގެ ޒިންމާއެއް. މަޖިލީހުން އެބަ ބަލަންޖެހޭ މިއަދު ރައީސަކަށް ހުރީ ފައިސަލް ނަސީމްތޯ ނުވަތަ ރައީސް ސާލިހުތޯ؟" ޓޮމް ވިދާޅުވިއެވެ.
ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހު ސާޖަރީއެއް ހައްދަވާފައެވެ. އަދި ރައީސް އޮޕަރޭޝަން ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ނާއިބު ރައީސް ފައިސަލް ނަސީމާ ވަގުތީ ގޮތުން ޙަވާލު ކުރެއްވިއެވެ. އަދި އޮޕަރޭޝަނަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި އެމަނިކުފާނު އަލުން ވަނީ ހަވާލުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު