ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެކަހެރިކޮށް، އެހެން އެމްޑީޕީއެއް އުފައްދަން ބަޔަކު މަސައްކަތްކުރަމުންދާކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ރޭގެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއްކޮށްފައި އޮއްވާ، މިއަދު މަޖިލީހުގެ ޖަލްސާގައިވެސް ވަނީ އެ ބަހުސް ކުރިއަށްގެންގޮސްފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދީގެން، ސަރުކާރުން ބޭނުންވާ ބިލުތަކާއި މަސައްކަތްތައް ފުރިހަމަކޮށްފައިވާކަމަށެވެ. ނަމަވެސް މަޖިލީހުން ސަރުކާރަށް ހުރަސް އަޅާކަމަށް ބައެއް ވަޒީރުން ވިދާޅުވާއިރު، އެއީ ކަންބޮޑުވާކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.
"ސަރުކާރަށް މަޖިލީހުން ޖެއްސުންކުރިކަމަށް ބައެއް ވަޒީރުން ވިދާޅުވުމަކީ ވަރަށް ނުރައްކާތެރިކަމެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ." ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ފާޑު ވިދާޅުވާއިރު މަޖިލީހުން ލިބޭ އެއްބާރުލުން ފާހަގަކުރައްވައި، ކޮންމެ ރިޔާސީ ބަޔާނެއްގައި ރައީސް ވާހަކަފުޅުދައްކަވާކަމަށެވެ.
ހަސަން ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއަކީ ވާގިވެރިވުމާއެކު ސަރުކާރަށް ފާރަވެރިވުންކަމަށެވެ. އަދި ރައްޔިތުންގެ ނަފްރަތު މި ސަރުކާރަށް ލިބެށް ބޭނުންނުވާކަމަށްވެސް ހަސަން ވިދާޅުވިއެވެ.
"މަޖިލީހުގެ މެޖޯރިޓީ ތިމަން މަނިކުފާނުގެ އަތްޕުޅުގައި އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާއިރު، އެމަނިކުފާނުގެ ވަޒީރަކު މަޖިލީހުން ޖެއްސުންކުރާކަމަށް ބުނުމުން އެ ބުނެވެނީ އެމްޑީޕީގެ މެމްބަރުންގެ ވާހަކައެއް ނޫން. އެ ދައްކަވާ ވާހަކައަކީ މި މަޖިލީހުގެ ރައީސްގެ ވާހަކަ. މަޖިލީހުގެ ރައީސާއި މަޖިލީހުން އެ ވަޒީރަކު އަޑުއަހަން ބޭނުންނުވާ ވާހަކަ ދައްކާ މެމްބަރުންގެ ވާހަކަ." ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ވައްކަމުގެ ވާހަކަ މަޖިލީހުން ދައްކާނެކަމަށާއި އެކަންކަމުގެ ހަގީގަތް ހޯދަން މަސައްކަތްވެސް ކުރާނެކަމަށެވެ. އަދި އެއީ ސަރުކާރަށް ޖެއްސުންކުރުމެއްވެސް ނޫންކަމަށް ހަސަން ވިދާޅުވިއެވެ.
"އެހެންކަމުން އަޅުގަނޑަށް މާބޮޑަށް ޔަގީންވޭ މާލެ ސިޓީގެ އެމްޑީޕީގެ ރައްޔިތުންނާއި އައްޑޫގެ އެމްޑީޕީގެ ރައްޔިތުން، އަޅުގަނޑުމެން އެރަށްރަށަށް ދިޔައީމަ އެދެއްކި ވާހަކަ. ހަސަން ލަތީފޭ އެމީހުން އެ އުޅެނީ ކީއްކުރަންހޭ. ރައީސް ނަޝީދު މި ޕާޓީން އެކަހެރިކުރަންހޭ.. އާދެ.. އަޅުގަނޑަށް ވަރަށް ސާފުވޭ މިއަދު މިއުޅެނީ ރައީސް ނަޝީދު އެމްޑީޕީން އެކަހެރިކޮށް، މުޅިން އެހެން އެމްޑީޕީއެއް އުފައްދަންކަން." ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި މެޖޯރިޓީ އޮތްއިރު، ވަޒީރުން ކޮޅެއް ނިކުމެ މަޖިލީހުން ޖެއްސުންކުރާކަމަށް ބުނާ ބުނުން ރައްދުވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް އިންނެވުންކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް އިންނެވުމުން ބައެއް ބޭފުޅުން ކުރައްވަން ބޭނުންފުޅުވާ ކަންކަމަށް ދަތިވާތީކަން މިހާރު އެނގޭކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު