އެމްޑީޕީގެ ޗެއާޕަސަން ކަމަށް ކުރިމަތިލައްވާފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ (އިންތި) ގެ ނަން އަނބުރާ ގެންދިޔުމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެެ.
އެމްޑީޕީގެ ޗެއާޕަސަން ކަމަށް ވާދަކުރަށްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން ފޯރިގަދަވެ މުޅިޕާޓީ ދެބަޔަށް ބެހި ބޮޑު އަރައިރުން ގަނޑަކަށް ވަނީ ބަދަލު ވެފައެވެ.
ފައްޔާޒު އިންތިޚާބުގައި ވާދަކުރަށްވަނީ ރައީސް ސާލިޙުގެ ފަޅިން ކަމަށް ބެލެވޭއިރު އިމްތިޔާޒް ފަހުމީ ތަމްސީލް ކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ، އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ކުރިމަތިލައި ޕާޓީ ފިތުނަ ނުކުރަން ވެގެން ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދަށް ދަންނަވަން، އިންތިގެ ނަން އަނބުރާ ގެންދަވައި ރައީސް ސޯލިހަށް ދޫ ދެއްވާ!" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރެއްވި މޫސަ ވިދާޅުވީ ދައުލަތުގެ ފައިސާއިން ހިންގާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމް ތަކުގަތިބެ ޕާޓީތައް ހަލާކުކޮށް ފިތުނަކޮށް އަދި ވަކިމީހަކަށް ޕާޓީ މިލްކުކޮށްދޭން މަަސައްކަތްކުރާ މީހުންނާއިމެދު ހަރުކަށި ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ އިސް މަގާމަކަށް ފައިނަގާ ކޮންމެ މީހަކު ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެބަސްވުމުން ޕާޓީގެ ހަރަކާތެއްގައި އެމީހަކު ހުއްޓާ ބަޔަކު އައިސް ރާޑިކޮށްލާ ކަމަށާއި އެހެން ނަމަވެސް ގައުމީ މަޖިލީހުގައި ރޭ ފެނިގެންދިޔައީ އޭގެ އަނެއްކޮޅު ކަމަށް މޫސަ ވިދާޅުވިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ ރައީސް ސާލިޙާއި ރައީސް ނަޝީދަށް ތާއިދު ކުރާ ބޭފުޅުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު މެއި 14 އަށް ބާއްވަން ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފައެެވެ.

MDP ގެ ޢާއްމު މެމްބަރުންގެ ތާއީދާލޯބިި ލިބި ތިރީހަކަށްހާސްމެމްބަރުނގެ ވޯޓުން އަޅުގަނޑު ހޮވިފަހުރެވެސް އިސްތިޢުފާދިނީ ގ މަޖްލީހުގާ ރނަޝީދާ ކުރިމަތިލާ ޕާޓީ ފިތުނަ ނުކުރަންވެގެން @MohamedNasheed އަށްދަންނަވން އިންތިގެ ނަން އަނބުރާގެންދަވާ ރސޯލިހު އަށްދޫދެއްވާ
— Moosa Maniku (Reeko) (@ReekoMoosa) March 9, 2022
"ރައީސް މުހައްމަދު ނަޝީދަށް ދަންނަވަން، އިންތިގެ ނަން އަނބުރާ ގެންދަވައި ރައީސް ސޯލިހަށް ދޫ ދެއްވާ!" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ލީޑަރުކަން ކުރެއްވި މޫސަ ވިދާޅުވީ ދައުލަތުގެ ފައިސާއިން ހިންގާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމް ތަކުގަތިބެ ޕާޓީތައް ހަލާކުކޮށް ފިތުނަކޮށް އަދި ވަކިމީހަކަށް ޕާޓީ މިލްކުކޮށްދޭން މަަސައްކަތްކުރާ މީހުންނާއިމެދު ހަރުކަށި ފިޔަވަޅުއަޅަންޖެހޭ ކަމަށެވެ.
އެމްޑީޕީގެ އިސް މަގާމަކަށް ފައިނަގާ ކޮންމެ މީހަކު ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދެބަސްވުމުން ޕާޓީގެ ހަރަކާތެއްގައި އެމީހަކު ހުއްޓާ ބަޔަކު އައިސް ރާޑިކޮށްލާ ކަމަށާއި އެހެން ނަމަވެސް ގައުމީ މަޖިލީހުގައި ރޭ ފެނިގެންދިޔައީ އޭގެ އަނެއްކޮޅު ކަމަށް މޫސަ ވިދާޅުވިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވެ ރައީސް ސާލިޙާއި ރައީސް ނަޝީދަށް ތާއިދު ކުރާ ބޭފުޅުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު މެއި 14 އަށް ބާއްވަން ގައުމީ މަޖިލީހުން ރޭ ވަނީ ފާސްކޮށްފައެެވެ.
ކިޔުންތެރިންގެ ހިޔާލު