މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި އަވަށްޓެރި ސްރީ ލަންކާއާއި ބަންގްލަދޭޝްގެ ކުޅިވަރާބެހޭ ވަޒީރުން ބައިވެރިވެވަޑައިގަންނަވަން ނިންމަވައިފިއެވެ.
އެކަން ހާމަކޮށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި އަވަށްޓެރި ސްރީ ލަންކާއާއި ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު އަހްސަން ރެސެލް އާއި ލަންކާގެ ކުޅިވަރު ވަޒީރު ނަމާލް ރާޖަޕަކްސާއަށް ދެއްވި ދައުވަތު މިހާރު ގަބޫލުކުރައްވާފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެެވެ.
ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ވާދަކުރި މެޗު ބައްލަވާލެއްވުމަށް ވެސް ރާއްޖެއަށް ޒިޔާރަތް ކުރައްވާފައެވެ. މިނިސްޓަރު މަހްލޫފާއި ނަމާލްއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންނެވެ.
ލަންކާގެ ކުޅިވަރާއި ބެހޭ ވަޒީރު ނަމާލް ވިދާޅުވީ، ކުޅިވަރުގައި ރާއްޖެއިން ފާއިތުވި އަހަރުތަކުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މި އެވޯޑް ހަފްލާގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ ޝަރަފެއްކަމަށެވެ. އަދި މި ހަފްލާގައި ބައިވެރިވުމަށް ދައުވަތު ދެއްވީތީ ނަމާލް ވަނީ މިނިސްޓަރު މަހްލޫފަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.
މި ހަފްލާގައި ބައިވެރިވެވަޑައިގަންނަވާ ބަންގްލަދޭޝްގެ ކުޅިވަރާބެހޭ ވަޒީރު ޒާހިދު ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ވަޑައިގެންނެވި ދަތުރުގައި އެކަމަނާގެ އަރިހުގައި ރާއްޖެ ވަޑައިގެންފައެވެ.
ބަންގްލަދޭޝް އަކީ ވެސް ރާއްޖޭގެ ކުޅިވަރަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.
މި ދެ ބޭފުޅުންގެ އިތުރުން ވެސް އަވަށްޓެރި އެހެން ގައުމުތަކުގެ ކުޅިވަރާބެހޭ ވަޒީރުން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން މި ހަފްލާގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި ލެޖެންޑުން ވެސް ބައިވެރިވާނެކަން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު