ރާއްޖޭގެ ގައުމީ މާ ކަމަށްވާ ފިޔާތޮށި ފިނިފެންމަލަށް ނިސްބަތްކޮށް މަހަކަށް ނަން ދީފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރީން ރިސާޗް އިންސްޓިޓިއުޓުން ބުނީ ފިނިފެންމަލުގެ ނަމުން ނަން ދީފައިވާ މަހަކީ ހިކާ އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ނުވަތަ ޖީނަސްގައި ހިމެނޭ މަހެއް ކަމަށެވެ. މި މަހަށް ސައިންޓިފިކް ނަން ދެވިފައިވަނީ ރާއްޖޭގެ ގައުމީ މަލަށް ނިސްބަތްކޮށް ކިރިލެބްރަސް ފިނިފެންމާ ކަމަށް އެމްއެމްއާރްއައި އިން ބުނެ އެވެ.
މަހުގެ އާންމު ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައެޅިފައިވަނީ ރޯސް ވެއިލްޑް ފެއާރީ ރާސް އެވެ. މިގޮތަށް ނަން ދެވިފައިވަނީ މި މަހުގައި ހުންނަ، ފާހަގަ ކުރެވޭ ފިޔާތޮށި ކުލަވަރަށް ނިސްބަތް ކޮށެވެ.
މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި މަހަކީ ރާއްޖެއާއި ސްރީލަންކާ ސަރަޙައްދުގައި ފަރުތަކުގެ ފުން ހިސާބުތަކުން (40-70 މީޓަރު އަޑިން) ފެންނަ މަހެކެެވެ.
މުޅިން އަލަށް ނަން ދެވުނު ކަމުގައި ވީ ނަމަވެސް މިމަހަކީ ދިރޭ ކުދިމަސް އެކްސްޕޯޓް ވިޔަފާރީގައި މިހާރުވެސް ބޭނުންކުރަމުންދާ މަހެއް ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. މި މަހަށް މީގެ ކުރިން ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަޙައްދުން ފެންނަ މަހެއްގެ ނަމެވެ. އެކަމަކު އެ މަހަކީ އެ ސަރަހައްދުން ފެންނަ މަސްތަކާ މުޅިން ތަފާތު މަހެއްކަން ދިރާސާތަކުން ފެންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެެވެ.
މަހުގެ ސައިންޓިފިކް ނަން ކަނޑައެޅުމާއިއެކު، ދިވެހި ބަސްބަހާ ގުޅުވައިގެން ސައިންޓިފިކް ނަން ދެވިފައިވާ މަދު މަސްމަހާމެހީގެ ލިސްޓުގައި ކިރިލެބްރަސް ފިނިފެންމާ ވެސް މިހާރު ހިމެނޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ރާއްޖޭގެ ފުން ފަރުތަކުގައި އެކުލެވޭ ދިރުންތައް ދެނެގަތުމަށްޓަކައި "ހޯޕް ފޯރ ރީފްސް އިނީޝިއެޓިވް" ގެ ދަށުން ކެލިފޯނިއާ އެކެޑެމީ އޮފް ސައިންސަސް އާއި ގުޅިގެން އެމް.އެމް.އާރ.އައި އިން މި އަހަރު ކުރެވިފައިވާ މަސައްކަތްތަކުން، ދުނިޔޭގައިވެސް މުޅިން އަލަށް ފެނިފައިވާކަމަށް ބެލެވޭ 8 ބާވަތެއްގެ މަހުގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، މި މަސްތަކާއި، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ސަރަހައްދުން ހޯދޭ އައު އެހެން މަސްމަހަށްވެސް ނަން ކަނޑައެޅުމުގައި، އެމަހެއް ތަމްސީލުކުރާފަދަ ދިވެހި ބަހެއް ހިމަނައިގެން ނަން ކަނޑައެޅުމަށް ރާވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު