އއ. ފެރިދޫ އާރު.އޯ ފެސިލިޓީ އިމާރާތް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ފެރިދޫގައި ސަރުކާރުން ޤާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މިމަސައްކަތުގެ ދަށުން އާރު.އޯ ފެސިލިޓީ އިމާރާތުގެ މަސައްކަތް ފެށިފައިވާކަމަށެވެ. މީގެއިތުރުން ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން ފެރިދޫގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން ޢިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.
މި މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫޢުގެ ދަށުން ގޭގޭގައި ފެން މީޓަރު ބެހެއްޓުމާއި ފެނުގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެކަމަށެވެ.
ފެރިދޫގައި ކުރިއަށް ގެންދާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 5.5 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކެއް ޤާއިމްކުރާނެއެވެ. އަދި 1.7 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފޯލް ޤާއިމްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއުމްކުރުމަށްޓަކައި 69.33 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދުކުރެއެވެ.

AA.Feridhoo Water & Sewerage Project: RO facility building and water & sewer network pipe laying works are in progress. #MWSCAsaasee #TeamMWSC pic.twitter.com/CjozlVSh9k
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) March 10, 2022
މި މަޝްރޫޢުގެ ދަށުން ފެރިދޫގައި 6.77 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިން ޢިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.
މި މަސައްކަތް ކުރަމުން އަންނަ އެމްޑަބްލިއުއެސްސީން ބުނީ މިމަޝްރޫޢުގެ ދަށުން ގޭގޭގައި ފެން މީޓަރު ބެހެއްޓުމާއި ފެނުގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެކަމަށެވެ.
ފެރިދޫގައި ކުރިއަށް ގެންދާ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އެ ރަށުގައި 5.5 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކެއް ޤާއިމްކުރާނެއެވެ. އަދި 1.7 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފޯލް ޤާއިމްކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރަށް ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފެރިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއުމްކުރުމަށްޓަކައި 69.33 މިލިޔަން ރުފިޔާ ސަރުކާރުން ޚަރަދުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު