އޮންލައިން ވިޔަފާރިކޮށް ފައިސާ ދެއްކިކަމުގެ ބެންކް ސްލިޕް މުދާ ގަންނަ ފަރާތުން ފޮނުވި ކަމުގައިވިޔަސް ފައިސާ ލިބުމުން ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ ކަމަށެވެ. އެގޮތުން، އައިބޭ މެދުވެރިކޮށް ނުވަތަ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މަކަރާއި ހީލަތުން މުދާ ނުވަތަ މޯބައިލް ފޯނު ފަދަ އިލެކްޓްރޯނިކް ޑިވައިސްތައް ހޯދަމުންދާ ގިނަ މައްސަލަތަކެއް ދަނީ އެ ޚިދުމަތަށް ހުށަހެޅެމުންކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެގޮތަށް ގުޅާ މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށްފަހު މޯލްޑިވްސް އިސްލާމިކް ބެންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ ސައްހަނޫން ސްލިޕެއް ފޮނުވާކަމަށެވެ. އަދި އެ ފައިސާ، ތަކެތި ވިއްކާ ފަރާތުގެ އެކައުންޓަށް ޖަމާނުވާކަން އެނގެނީ މުދާ ޑެލިވަރީކުރާތާ 24 ގަޑިއިރު ފަހުންކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން، އޮންލައިން ވިޔަފާރިކޮށް ފައިސާދެއްކިކަމުގެ ބެންކް ސްލިޕް މުދާ ގަންނަފަރާތުން ފޮނުވި ކަމުގައިވިޔަސް ފައިސާލިބުމުން ނޫނީ މުދާ ޑެލިވަރީ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ އާއި މުދާ ހޯދާ މައްސަލަ އިތުރުވެފައިވާއިރު، އެކަމަށް އެކަށީގެންވާ ހައްލުތަކެއް މިހާތަނަށް ފެނިފައެއް ނުވެއެެވެ. އަދި ބައެއް ފަހަރު ބޮޑެތި އަދަދުތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ގިނަ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު