މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރީ ކޮވިޑުގެ ހާލަތުގައި ގައުމުގެ އިގްތިސާދު ހިފެއްޓެވީ އޭނާ ކަމުގައިވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ ފައްޔާޒަށް ތާއީދު ކުރެއްވުމަށް އޭނާ ނިންމަވާފައިވަނީ ކޮވިޑްގެ ހާލަތުގައިވެސް ގައުމުގެ އިގްތިސާދު ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ، ހިފެހެއްޓެވި އެއް ވަޒީރަކީ ފައްޔާޒު ކަމަށް ވާތީ ކަމަށެވެ.

އައްޑޫ ޝަރީފު ވިދާޅުވީ ތާ އަބަދު "ބުލީ" ނުވަތަ ހަނގާ ކޮށްގެން ކާމިޔާބުވާނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށެވެ. ތިމާ ނޭދޭ ގޮތަށް ބަހެއް ބުނާ ކޮންމެ މީހަކީ ވަގެއް ކަމަށް ހަދައި، އަބުރު ކަތިލައިގެން މޮޅު ނުވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.



"ވަކިގޮތަކަށް ވަކި މީހަކަށް ތާއިދު ނުކޮށްފިއްޔާ އެއީ ކޮރަޕްޓް މީހެއް ބޮޑު ވަގެއް، އަޅުގަނޑު ފައްޔާޒަށް ތާއިދު ކުރުމުން ބަޔަކު ވަގަށް ގޮވިއަސް ބުލީ ކުރިއަސް ފަހަތަށް ނުޖެހޭނަން." އައްޑޫ ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެެ. އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއާޕަސަން ކަމަށް ވާދަކުރަށްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕޭން ފޯރިގަދަވެ މުޅިޕާޓީ ދެބަޔަށް ބެހި ބޮޑު އަރައިރުން ގަނޑަކަށް ވަނީ ބަދަލު ވެފައެވެ. ފައްޔާޒު އިންތިޚާބުގައި ވާދަކުރަށްވަނީ ރައީސް ސާލިޙުގެ ފަޅިން ކަމަށް ބެލެވޭއިރު އިމްތިޔާޒް ފަހުމީ ތަމްސީލް ކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނެވެ.



ކިޔުންތެރިންގެ ހިޔާލު