މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން ހަޑިކޮށް ނޫޅުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސްކުރައްވައިފިއެވެ.
އެމްޑީޕީ މެމްބަރުން ތިބި ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި މެމްބަރު ރޮޒައިނާ އާދަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުން ކަމަށެވެ.
"އެހާ ބޮޑަށް އަތް އުކާފަ، ކަނޑިކި ނަގާ، ކަރުބުޑުން ނެރޭ އަޑުފައްގަނޑު ނެރި ހަޅޭލެވުން އެއީ މިޕާޓީއަށް ލިބޭ ވަރަށްބޮޑު ހުތުރެއް." އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ކަންކަމަށް އިޝާރަތްކުރައްވައި ފައްޔާޒަށާއި ރޮޒޭނާއަށް ރައްދުވާގޮތަށް މަލާމާތުގެ ބަހުރުވައިން ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މެސެޖްގައި އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ރީތިކޮށް އުޅުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ގައުމީ މަޖިލީހުގެ މެމްބަރުންވެސް އަހުލާގީ މިންގަނޑު ދޫކޮށްނުލުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ މެމްބަރުން ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެެވެ.
އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބާ ގުޅިގެން ކުރިއަށްދާ ކެމްޕޭނުގެ ފޯރި ވަނީ ވަރަށް ގަދަވެފައެވެ. އެ އިންތިހާބުގައި މިނިސްޓަރު ފައްޔާޒާއި ވާދަކުރައްވަނީ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. މީގެއިތުރުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ވާދަކުރަށްވަނީ މެންބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.
އެމްޑީޕީގެ ޗެއާޕަސަން އިންތިޚާބު ބޭއްވުމަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު