މިއަދު އެމްޑީޕީގެ ތެރެއިން ފެންނަމުންދަނީ އަސްލު އެމްޑީޕީ މަރުވެ މޫނު އަޅާ މަންޒަރުކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ވާދަވެރިކަމާއި ހަމަނުޖެހުން އާންމުންނަށް ހާމަވެ، އެންމެފަހުން ބޭއްވި ޤައުމީ މަޖިލީހުގައި ވެސް ބޮޑު ޒުވާބެއް ހިނގާފައި ވަނިކޮށެވެ.

"އެމްޑީޕީގެ އިސް ފަރާތްތަކުން ޑިމޮކްރެސީގެ ނަމުގައި ފޭހުނު އިލޮށިގަނޑު މިއަދު އަމިއްލަ ލޮލަށް ހެރުނީ. ޙައްޤު ބަސް ބުނަން ލިބުނު ކޮންމެ ވަގުތަކު އިވާފަދަ ޕާޓީގެ އިސްބޭފުޅުން ދެއްކީ ޒާތީ ތަޢައްޞުބު. މިއަދު އަސްލު އެމްޑީޕީ މަރުވެ މޫނު އަޅާ މަންޒަރު ފެންނަނީ." ޖަމީލު ވިދާޅުވިއެވެ.

ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ އެމްޑީޕީގެ އިސް ފަރާތްތަކުން ޑިމޮކްރަސީގެ ނަމުގައި ފޭހުނު އިލޮށިގަނޑު މިއަދު އަމިއްލަ ލޮލަށް ހެރިފައިވާކަމަށެވެ. ޖަމީލު ވިދާޅުވީ ޙައްޤު ބަސް ބުނަން ލިބުނު ކޮންމެ ވަގުތަކު އެމްޑީޕީގެ ބައެއް އިސްބޭފުޅުން ދެއްކީ ޒާތީ ތަޢައްޞުބުކަމަށެވެ. އަދި މިއަދު އަސްލު އެމްޑީޕީ މަރުވެ މޫނު އަޅާ މަންޒަރު ފެންނަމުންދާކަމަށް ޖަމީލު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގައި ބޮޑު ބައިބައިވުމެއް ވަނީ އުފެދިފައެވެ. އަދި ރައީސް ސާލިހާއި ރައީސް ނަޝީދަށް ތާއީދުކުރާ ދެ ފެކްޝަނެއް އެމްޑީޕީގައި މިހާރު އޮތްއިރު އެއް ބަޔަކު އަނެއް ބަޔަކަށް ފާޅުގައި ބޮޑެތި އިލްޒާމްތައްވެސް ދަނީ އަޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު