3 ރަށެއްގެ ބައި އިލެކްޝަންގެ ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ ޅ. ކުރެންދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުމަށް އިންތިޚާބު ބޭއްވުމަށާއި، ފ. ނިލަންދޫއާއި ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށެވެ. މި ބައި އިލެކްޝަންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު
މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، ރަށަށް ނުވަތަ މާލެއަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތައް އެކަންޏެވެ.
މި އިންތިހާބުތަކުގެ ތެރެއިން އެންމެ ފޯރިގަދައީ ކުރެންދޫ ކައުންސިލް ރައީސްކަމަށް މީހަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަންއެވެ. އެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމުން ވާދަކުރެއެވެ. އަދި މާލެއިންވެސް ކެމްޕެއިން ޓީމުތައް ގޮސްގެން ވަރަށް ފޯރިގަފަ ކެމްޕެއިނެއް އެ ރަށުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
ކުރެންދޫ އިންތިހާބުގެ އިތުރުން ދ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި 4 ކެނޑިޑޭޓަކު ވާދަކުރާއިރު، ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި 3 ކެނޑިޑޭޓަކު ވާދަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު