ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 7 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަސްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، މި އަހަރުގެ މާރިޗު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ވިހެއުމާއި ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ޗުއްޓީ ދިނުމަށް ކަނޑައަޅާ މާއްދާއެއް އެ ޤާނޫނުގެ 64 ވަނަ މާއްދާގެ ފަހަތަށް 64-1 މާއްދާ އިތުރުކުރައްވާފައިވެއެވެ.
އެ މާއްދާގައި ބުނާގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީ ލިބުމުގެ ޙައްޤު، ކޮންމެ ފަނޑިޔާރަކަށްމެ ލިބިގެންވެއެވެ. އަދި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީ އަކީ މުސާރަ ހިނގާ ގޮތަށް ދެވޭ ޗުއްޓީއެއް ކަމަށާއި މި ޗުއްޓީގެ މުއްދަތަކީ އަންހެން ފަނޑިޔާރަކަށް 6 މަސް ދުވަސް އަދި ފިރިހެން ފަނޑިޔާރަކަށް 1 މަސް ދުވަސް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މާބަނޑުވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ލިބިދޭ އެހެނިހެން ޗުއްޓީ ލިބުމުގެ ޙައްޤުވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
މި ޤާނޫނު ތަޞްދީޤުކުރުމާއެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ޢަމަލުކުރަންފެށިފައެވެ.

ކިޔުންތެރިންގެ ހިޔާލު