މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިހާރުގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮޔާއެކު 20ރ. ގެ އާ ނޫޓެއް މިއަދު އިގްތިސާދަށް ނެރެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.
އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ ނޫޓް މިހާރު އިގުތިސާދުގެ ތެރޭގައި ދައުރު ކުރަން ފަށާފައިވާ ކަމަށެވެ. މިއީ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ސޮއިކުރައްވައި ރާއްޖޭގައި "ރަންދިހަ ފަހެއް" ގެ ނަމުގައި ފުރަތަމަ ފަހަރަށް ޕޮލިމާ ނޫޓް 2016 ގައި ބޭނުންކުރަން ފެށި ފަހުން އެ ޒާތުގެ ނޫޓެއް އާ ގަވަރުނަރުގެ ސޮޔާ އެކު ނެރުނު ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެެ.
އެމްއެމްއޭ އިން ނެރުނު ބަޔާނުގައި ވަނީ ގަވަރުނަރުގެ ސޮޔާ އެކު 20ރ. ގެ ނޫޓް އަލުން ޗާޕުކުރީ ޗާޕްކުރަން ޖެހޭ ވަރަށް ސްޓޮކް ދަށްވުމުން ކަމަށެވެ. އެ ފައިސާ ޗާޕުކޮށްގެން ރާއްޖެ ގެނައީ އޮކްޓޯބަރު 13، 2021 ގަ އެވެ. އާ ނޫޓް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުން ކުރަން ވަނީ ފަށާފައެވެ.
އާ ނޫޓުގެ ތާރީހަކީ 01 ޖުލައި 2020، 10 ޛުލްޤަޢިދާ 1441 އެވެ. މި ނޫޓާއެކު 20ރ. ގެ ކުރީގެ ނޫޓު ވެސް ބޭނުންކުރަމުން ދާނެ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު